Ad

ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ވަކި ކެންޑިޑޭޓަކަށް ތާޢީދެއް ނުކުރެވޭނެ: ހޯރަފުށީ ދާއިރާގެ މެމްބަރު

ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ވަކި ކެންޑިޑޭޓަކަށް ތާޢީދެއް ނުކުރެވޭނެ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ.

އައްޑޫމީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ސިވިލް ސާވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެމްބަރު ސަލީމު ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަނގައިން ނުބުނެވޭނެ މީހެއްކަމަށެވެ.  ސަލީމް ވިދާޅުވީ ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަ މީހަކީ ވަކިމިންގަނޑުތަކަކާއި ވަކި އުސޫލުތަކަކަށް ތަބާވާން ޖެހޭ މީހެއް ކަމަށާއި ބޭނުންހާ ވާހަކައެއް އޭނާއަށް ނުވެސް ލިޔެވޭނެ ކަމަށާއި އޭނާއަށް ބޭނުންވާ ވާހަކައެއް ނުވެސް ދެއްކޭނެ ކަމަށެވެ.

"އޭނާ އަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް. ބޭނުން އެއްޗެއް ފޭސްބުކްގައި ނުލިޔެވޭނެ. ބޭނުންތާކު ބޭނުން ވާހަކައެއް ނުދެއްކޭނެ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސިވިލް ސާވިސްގެ ވަޒީފާގެ އެއްބަސްވުމުގައި މުވައްޒަފު ސޮއި ކުރާ ހިސާބުން އެއިއުތިރާފު ވަނީ އޭނާއަށް ޤާނޫނު އަސާސީ އިން ލިބޭ ޚިޔާލު ފާޅުކުރުމުގެ ހައްޤު ހަނިކުރިޔަސް އެންމެ ރަނގަޅުކަމަށް ކަމަށެވެ.

"މިއަދު ހެނދުނު އިރުއެރިއިރުވެސް އަޅުގަނޑަށް ލިބިފައި އެބައޮތް ސިވިލް ސާވަންޓަކު ފޭސްބުކްގައި ޕޯސްޓްކޮށްފައި އޮތް ލިޔުމެއް ވަކި ކެންޑިޑޭޓަކަށް ތާއިދުކޮށްފައި. އެގޮތައް ތާއީދެއް ނުކުރެވޭނެ." ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކައާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާއަށާއި އެމްޑީޕީއަށާއި އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްޤެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *