Ad

މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކުރި އިއުލާން ބާތިލްކޮށްފި! އަދަދުތައް މަދެއްނުވޭ!

މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބާތިލުކޮށްފި އެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު ވަގުތުގައި ވެހިކަލް ދުއްވުން މަނާކުރީ މި ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުވާން ފެށުމާ ގުޅިގެން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ބުނެއެވެ. އޭރުވެސް ގިނަ ބަޔަކު ދިޔައީ އެޗްޕީއޭގެ މި ނިންމުމަށް ފާޑުކިޔަމުންނެވެ. އެޗްޕީއޭއިން މީގެ ކުރިންވެސް ވަނީ މިފަދަ ދެކޮޅު ނުޖެހޭ ނިންމުންތައް ނިންމާ އިޢުލާންކުރުމަށްފަހު އާންމުންގެ ފާޑުކިޔުމާއެކު ބާތިލްކޮށްފައެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކަރަންޓީން ވުމަކާ ނުލާ ކެމްޕެއިނަށް ރައްރަށަށް ދެވޭ ގޮތަށް ނިންމެވި ނިންމެވުމެވެ. މީގެއިތުރުން އަދަދުތައް ގިނަވާ ކަމަށްބުނެ ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުމަށް ކަނޑައެޅި ގަޑިވެސް ވަނީ ބަދަލުކޮށްފައެވެ. މިއީވެސް ގިނަ ބައެއްގެ ފާޑުކިޔުމާއެކު ނިންމެނި ނިންމެވުމެކެވެ. މިހުރިހާ ނިންމެވުމެން ނިންމަވާއިރުވެސް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދެއް ނުވެއެވެ. އާންމޮކޮށް އުޅެނީ ސަތޭކައިން މަތީގައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ ނެރުނު އިއުލާނެއްގައި ވަނީ މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް އަންގާފައިވާ އެންގުން މިހިނދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޕާކްތަކާއި މައިޒާންތައް ބަންދު ކުރުމަށް ނިންމި ނިންމުންވެސް ރޭ ވަނީ ބާތިލުކޮށްފައެވެ. އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަ ދިން ނަމަވެސް ކާފިއު ވަގުތަށް ބަދަލު ގެނެސްފައެއް ނުވެއެވެ. މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.

ބައެއް ކަންތައްތަކަށް ލުއި ދިން ނަމަވެސް ބައެއް ފިޔަވަޅުތައް ވަނީ އިތުރު ހަތް ދުވަހަށް ދަމަހައްޓާފައެވެ. އެ ފިޔަވަޅުތަކަކީ ފަސް މީހުންނަށްވުރެ ގިނައިން މީހުން އެއްވެ ނޫޅުމާއި ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމާއި ދުވާ ޓްރެކްތަކާއި ސިނަމާތައް ބަންދުކުރުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލުމެވެ. ރާއްޖޭގައި ފުޓްބޯޅަ ސީޒަން ހުއްޓާލާފައި އޮތުމުގެ ސަބަބުން އެފްއޭއެމާއި ކްލަބްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *