Ad

ވޯލްޑްކަޕް ކޮލިފައިން: ވޭލްސް ބަލިކޮށް ބެލްޖިއަމްއިން ފެށުން ރަނގަޅު ކޮށްފި

ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް އީގައި ބެލްޖިއަމް އާއި ވޭލްސް ބައްދަލުކުރި މެޗް 3-1ގެ ނަތީޖާއަކުން ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.

ބެލްޖިއަމުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވޭލްސްއިންނެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޭލް ތަނަވަސްކޮށްދިން ފުރުޞަތަކުން ކާޑިފް ސިޓީއަށް ކުޅެމުން އަންނަ ހެރީ ވިލްސަނެވެ. މި ގޯލަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ޖެހި ލަނޑުން ބެލްޖިއަމުން ނަތީޖާ އެއްވަރުކުރިއިރު، އޭގެ ހަ މިނެޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑެވެ. މި މެޗުގައި އެ ޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލުކާކޫއެވެ.

މި ގްރޫޕުގެ ކުޅުނު އަނެއްމެޗުން  ޗެކް ރިޕަބްލިކް ވަނީ ރަށުން ބޭރުގައި 6-2ގެ ބޮޑު ތަފާތަކުން އެސްޓޯނިއާ ބަލިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *