Ad

ވޯލްޑްކަޕް ކޮލިފައިން: ފްރާންސްއާއި ޔޫކްރޭން ބައްދަލުކުރި މެޗް އެއްވަރު!

ވޯލްޑްކަޕް ކޮލިފައިންގައި ޔޫރަޕްގެ ގްރޫޕް ޑީގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި ޔޫކްރޭން ބައްދަލުކުރި މެޗު 1-1 ލަނޑުން އެއްވަރު ވެެއްޖެއެވެ.

ފްރާންސްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ފްރާންސުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ފްރާންސަށް މި ގޯލް ކާމިޔާބުކޮށްދިނީ ގްރީޒްމަންއެވެ. ދެވަނަ ހާފުގައި ޔޫކްރޭނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ މެޗުގެ 57 ވަނަ މިނެޓުގައި ފްރާންސްގެ ޑިފެންޑަރު ކިމްޕެމްބޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ފިންލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗުވެސް ވަނީ އެއްވަރުވެފައެވެ. އެ މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ކަރަކިސްތާނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *