Ad

ރައީސް ނަޝީދު ވިދާޅުވެއްޖެ ނަމަ އިސްތިއުފާ ދޭން ތައްޔާރު: ޕީޖީ ޝަމީމު

ރައީސް ނަޝީދު ވިދާޅުވެއްޖެ ނަމަ އިސްތިއުފާ ދޭން ތައްޔާރު ކަމަށް ޕީޖީ ޝަމީމު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވެއްޖެ ނަމަ މަޤާމުން އިސްތިޢުފާ ދެއްވަފާނަން ކަމަށެވެ. ޕީޖީ ޝަމީމް މިހެން ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އިން ނިންމުމާއި ގުޅިގެން ޕީޖީ ޝަމީމް އިސްތިއުފާ ދެއްވަން ޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުމަ، އިސްތިއުފާ ދެއްވަފާނަންތޯ ޕްރޮގްރާމްގެ ޕްރެޒެންޓަރު ޝަމީމްގެ ގާތުގައި އެއްސެވުމުން، އަމަނުކުފާނު ތަކުރާރުކޮށް ވިދާޅުވީ "އާދެ އާދެ" އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"ރައީސް ނަޝީދަކީ އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ، އަޅުގަނޑު ވަރަށް ގަޔާވާ ބޭފުޅެއް. އެއީ އަޅުގަނޑު ގަޔާ ވަނީ ރައީސް ނަޝީދަކީ އަނެއް ހެން ވަރަށް ގަދަ އަށް މަސައްކަތް ކުރައްވާ ބޭފުޅެއް. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް. އަޅުގަނޑަށް މެސެޖުވެސް ކުރެއްވި، ތިޔަ ވިދާޅުވާ މެސެޖް ހަމައެގޮތަށް އަޅުގަނޑަށް ކުރެއްވި. އަޅުގަނޑު ގަބޫލު ކުރަން. އަޅުގަނޑު މަންމަ ވެސް ބައެއް ފަހަރު ބުނާނެ، ދަރިފުޅާއޭ މިވެނި ކަމެއް ނުކުރައްޗޭ، މިވެނި ކަމެއް ކުރާށޭ. ބުނީމަ އަޅުގަނޑު އެކަމުގެ މައްޗަށް ކޮމެންޓުކޮށް މަންމައާ ޒުވާބުކޮށް ކުރުން އެއީ ކުރާ ކަމެއް ނޫން. ހަމައެގޮތަށް ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ އެއްޗެއް، ނަޝީދަށް ގަބޫލުފުޅު ކުރެވޭ ވާހަކައެއް އެ ވިދާޅުވަނީ ވަރަށް ސާދާކޮށް ވަރަށް ޓްރާންސްޕޭރަންޓްކޮށް ވަރަށް ސާފުކޮށް،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމްގެ މި ވާހަކަތަކާ ގުޅިގެން ޕްރެޒެންޓަރު އަނެއްކާ ވެސް ޝަހީމް ކައިރިން އެހީ މަގާމުން އިސްތިއުފާ ދެއްވަފާނަންތޯއެވެ. އެ ސުވާލާ ގުޅިގެން ޝަމީމް ވިދާޅުވީ އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ މަގާމުގައި ހުންނަން މާ ބޮޑު ޝައުގުވެރިކަމެއް ހުރި ބޭފުޅެއް ނޫންކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *