ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލްޓީވީގެ ޚިދުމަތް ދެމުން ގެންދާ މީޑިއާނެޓުން ރައްޔިތުންނަށް "އޮޅުވާލައިގެން" ފައިސާ ހޯދަމުގެ ޕްރަމޯޝަނެއް ކުރިއަށް އެބަ ގެންދެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މީޑިއާނެޓުގެ ސޯޝަލް މީޑިއާގެ ޕޭޖްތަކުން ކޮއްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ހަފްތާ ބަންދުގައި މަހުފީ ދައްކަވައިގެން އިތުރު ދެމަހަށް ހުރިހާ ޗެނަލްތައް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އަދި ލަސް ނުކޮށް މަހުފީ ދެއްކުމަށްވެސް މީޑިއާ ނެޓުން ވަނީ އެދިފައެވެ.
"މި ހަފްތާ ބަންދު (26އަދި27 މާރިޗު) ގައި މަހުފީ ދައްކައިގެން އިތުރު ދެމަހަށް ހުރިހާ ޗެނަލްތަކެއް ބަލާލުމުގެ ފުރުސަތު! ލަސްނުކޮށް މަހުފީ ދައްކަވާ." މީޑިއާނެޓްގެ ޕޯސްޓްގައިވެއެވެ.
މީޑިއާނެޓްގެ މި ޕޯސްޓާއި ގުޅިގެން ގިޔަ ބަޔަކު ވަނީ މި ހަފްތާ ބަންދުގައި މަހުފީ ދައްކާފައެވެ. ނަމަވެސް މީޑިއާ ނެޓުން ބުނީ ހަފްތާ ބަންދުގައި މަހުފީ ދައްކައިގެން ކުރިއަތް އޮތް ދެމަހަށް ހިލޭ ހުރިހާ ޗެނަލްއެއް ބަލާލުމުގެ ފުރުޞަތު ލިބޭނީ ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ކަމަށެވެ. މިކަމާ ގުޅިގެން އާންމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ އޮޅުވާލައިގެން ފައިސާ ހޯދުން ކަމަށް އެމީހުން ބުނެއެވެ.
"ފޭސްބުކުން އެ ޕޯސްޓް ފެނިގެން އަހަރެންވެސް މި ޕޭ ކުރީ. އެ ޕޯސްޓްގައި ނެތް ގުރުއަތެއްގެ ވާހަކައެއް. ވަރަށް ސާފުކޮށް ބުނެފައޮތީ މި ހަފްތާ ބަންދުގައި ޕޭ ކޮށްގެން ކުރިއަށް އޮތް ދެމަހަށް ހުރިހާ ޗެނަލް އެއް ބަލާލުމުގެ ފުރުޞަތު ލިބޭނެކަމަށް. އެކަމަކު އެތަނަށް ގުޅީމަ މި ބުނަނީ ގުރުއަތޭ. ގިނަ މީހުން މި ޕޯސްޓް ފެނިފަ ޕެކޭޖަށް ޕޭކުރީ. މިއީ ބޮޑު ޖަރީމާއެއް. މިއީ މަސްވެރިންނަށް ވީ "ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ ކަހަލަ ވައުދެއް". މީޑިއާނެޓަށް ފައިސާދެއްކި އާންމު މީހަކު ބުންޏެވެ.
މީޑިއާނެޓްގެ މި ޕޯސްޓަށް އާންމުން ގެންދަނީ ނުރުހުން ފާޅުކޮށް ކޮމެންޓް ކުރަމުންނެވެ.
One Response
ދިވެހިންގެ ހުންނަ ވަރައް ނުރަނގަޅު އާދައެއް އެއީ ތާކުން އެއްޗެއް ފެންނަ އިރައް އެޔެއް މިއެއް ބަލާނުލާ ކަންތައް ކުރުންއެއީ، ޕޯސްޓުގަވެސް ޖަހާފަ އެބައިން "T&C APPLY" އޭ. ދެން އިތުރު މައުލޫމާތު ހޯދަން ގުޅާނެ ނިމްބަރާ އެއްޗިސް ޖަހާފަ ހުއްޓަ، އަތައް ދޮވީމަ އެހެންމީހުންގެ ބޮލުގަ އަޅުވަން އުޅުމުގެ ބޭނުމެއްނެއް.
ވަރައް ސަލާން.