Ad

ނަގިލި ކަހާލުމުގެ ސަބަބުން ތެޔޮ ބޯޓެއް ފޭދޫފިނޮޅު ފަރުމައްޗަށް ލައްވެއްޖެ

ވައިގަދަވެ ކަނޑުގަދަވުމުގެ ސަބަބުން ތެޔޮބޯޓެއްގެ ނަގިލި ކަހާލައިގެން ފޭދޫ ފިނޮޅު ފަރުމައްޗަށް ބޯޓު ލައްވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ފޭދޫ ފިނޮޅު ފަރުމައްޗަށް ލައްވެފައިވަނި ޓަރާންސް ފިއުލް 9 ނަމަކަށް ކިޔާ 68 ފޫޓުގެ ތެޔޮ ބޯޓެއް ކަމަށެވެ. މި ބޯޓު ފަރުމައްޗަށް ލައްވިިއިރު ބޯޓުގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބޯޓު ނަގިލި ކަހާލާފައިވަނީ ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބޯޓު ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާރޑުން ކުރަމުންދާކަމަށް އެފަރާތުން ބުނެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ އެކިއެކި ހާދިސާތައް ހިނގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މިއަދު ހެނދުނުވެސް ވަނީ ތެޔޮ ދޯންޏެއް އަޑިއަށް ގޮއްސައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *