Ad

ފާރިޝް ދަމައިގަތީ ވަރުގަދަ އޮއިވަރު ގަނޑެއްގެ ތެރެއަށް!

ލ.އަތޮޅު ކައްދޫ ކައިރިން މިއަދު ހަވީރު މޫދަށް ފޭބި 4 ސިފައިންގެ މީހުންގެ ތެރެއިން ނިޔާވި ފާރިޝް ދަމައިގަތީ ވަރުގަދަ އޮއިވަރު ގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ކައްދޫ ކައިރިއަށް މޫދަށް ފޭބި 4 ސިފައިންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ ލާންސްކޯޕްރަލް ޙުސައިން ފާރިޝް ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިފައިވަނީ މިރޭ 20:50 ކަންހާއިރުއެވެ. އޭނާ ގެއްލުނީ މިއަދު ހަވީރު 17:40 ކަންހާއިރުއެވެ. ފާރިޝް ފެނުނީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދިޔަ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑްގެ ޑައިވަރުންނަށެވެ.

މޫދަށް ފޭބި 4 ސިފައިންގެ މީހުންގެ ތެރެއިން އިތުރު މީހަކު ގެނބިގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާ ގެނބުނީ މި ހާދިސާގައި ނިޔާވި ފާރިޝް ގަދަ އޮއިގަނޑުގައި ޖެހި އަޑިއަށް ދާންފެށުމުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައިވެއެވެ. ގެނބުނު ސިފައިންގެ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހަތަރ ސިފައިން ހަވީރު މޫދަށް ދިޔައީ އެމީހުންގެ އޮފް ގަޑީގައި މަސް ހިފަންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *