Ad

ފާދިއްޕޮޅުގެ ހުރިހާ ރަށަކުން ކޮވިޑް ފެނި އަތޮޅުގެ ހުރިހާ ރަށެއް މޮނިޓަރިން އަށް!

ކޮވިޑް-19 އަށް ޅ.އަތޮޅު ކުރެންދޫން ދެމީހަކު ފައްސިވުމާއިއެކު އެއަތޮޅުގެ ހުރިހާ ރަށަކުން ކޮވިޑް ފެނި މުޅި އަތޮޅަށް ބިރުވެރިކަން ފެތުރިއްޖެއެވެ.

ޅ.އަތޮޅުގައި މީހުން ދިރިއުޅޭ އޮންނަނީ ހަތަރު ރަށެވެ. އޭގެ ތެރެއިން ހިންނަވަރާއި ނައިފަރާއި އޮޅުވެލިފުށިން ކޮވިޑް ފެނި އެތިން ރަށް މިހާރު ވެސް އޮތީ މޮނިޓަރިންގައެވެ. އަދި ޅ. ފެލިވަރުން ގިނަ އަދަދެއްގެ ބަޔަކޮ ޕޮޒިޓިވްވުމާ ގުޅިގެން އެރަށްވެސް އޮތީ މޮނިޓަރިން ގައެވެ. ފެލިވަރުން އެކަނިވެސް 150 މީހުން ޕޮޒިޓިވްވެފައިވެއެވެ.

މިއަދު ކުރެންދޫން ކޮވިޑަށް ޕޮޒިޓިވްވި ދެމީހުންނަކީ ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވި ކްލަސްޓާއާއި ގުޅުން ހުރި ދެމީހުން ކަމަށް މައުލޫމާތު ލިބެއެވެ. ކުރެންދޫން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންގެ ތެރޭގައި ކުޑަ ކުއްޖެއްވެސް ހިމެނެ އެވެ. ނައިފަރުގައި ކޮންޓްރޯލެއް ނެތި ބަލި ފެތުރެމުންދާތީ އެރަށުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *