Ad

ވޯލްޑްކަޕް ކޮލިފައިން: މެސެޑޯނިއާ އަތުން ޖަރުމަނު ބަލިވެ ގްރޫޕްގެ 3 ވަނައަށް ވެއްޓިއްޖެ

ވޯލްޑްކަޕް ކޮލިފައިންގައި މެސެޑޯނިޔާ އަތުން ޖަރުމަނު ބަލިވެއްޖެއެވެ.

ޖަރުމަންގައި ކުޅުނު މި މެޗުން އެޓީމު ބަލިވީ މެސެޑޯނިއާ އަތުން 2-1 ލަނޑުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މެޗުގެ ފުރަތަމަ ގޯލް މެސެޑޯނިއާއަށް ކާމިޔާބުކޮށްދިނީ ގޯރަން ޕާންޑޭވެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިލްކާއި ގުންޑޮގާން ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިމެޗްގައި ޗެލްސީގެ ފޯވާޑް ޓިމޯ ވާނާއަށް ލަނޑުޖަހަން ހުސް ފުރުޞަތުތައް ލިބި ވަނީ ނަގާލާފައެވެ.

މި މެޗުގައި މެސެޑޯނިއާ މޮޅުވި ލަނޑުގެ މެޗްގެ 85 ވަނަ މިނެޓްގައި ކާމިޔާބުކުރީ އެލްޖިފް އެލްމަސް އެވެ. މި މެޗުން ޖަރުމަން ބަލިވިއިރު، އެ ޤައުމު އޮތީ ގްރޫޕް ޖޭގެ ތިންވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ނޯތު މެސެޑޯނިއާއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވި އަރުމީނިއާއެވެ. އެގޮތުން އާރުމީނިއާއަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *