Ad

ފްރާންސް ލީގު: ޕީއެސްޖީ ބަލިކޮށް، ތާވަލްގެ 1 ވަަނަ އަށް ލިލް ޖެހިލައިފި

ފްރާންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީ ބަލިކޮށް، ލިލް އިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިދިޔަ ތިން ސީޒަންގެ ވެސް ފްރާންސް ލީގު ޗެމްޕިއަންކަން ހޯދާފައިވާ ޕީއެސްޖީގެ މައްޗަށް ލިލް އިން ކުރި ހޯދީ 1-0 ލަނޑުންނެވެ. މިމެޗުގައި ލިލް އިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ޖަހައިދިނީ ޖޮނަތަން ޑޭވިޑެވެ.

މެޗުން މޮޅުވެ ލިލް އެއްވަނައިގައި އޮތީ 31 މެޗުން 66 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޕީއެސްޖީ އޮތީ 31 މެޗުން ހޯދި 63 ޕޮއިންޓާއެކުގައެވެ.

މިމެޗުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާއަށް ދެއްކި ރަތް ކާޑަށެވެ. ނޭމާއަށް ރަތްކާޑު ދެއްކީ ލިލްގެ ޑިފެންޑަރު ޖާލޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. މެޗްގައި އެ ދެކުޅުންތެރިންނަށްވެސް ވަނީ ރަތް ކާޑު ދައްކާފައެވެ. މި ރަތް ކާޑަކީ މި ސީޒަންގެ ލީގުގައި ނޭމާއަށް ދެއްކި ދެވަނަ ރަތް ކާޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *