Ad

މުއިއްޒު ބްރިޖުން ގެއްލުވާލީ ބައިސްކަލް ދުއްވާ 2 ލޭން، މިއޮތީ ސާބިތު ހެކި !

ނަންނުޖެހުމަށް ޝަރުތުކޮށް ރައީސް ޔާމީނު ދައުރުގެ ވަޒީރަކު ލިޔެކިޔުންތަކާއިއެކީ މިނޫހަށް ކިޔައިދެއްވީ ސިނަމާލެ ބްރިޖް ޕްލޭން ކުރެވިގެން އަިސް އަދި ފައިސާ ހޯދިގެން ދިޔައީ 25 މީޓަރު ފުޅާ ކޮޅަކަށް 3 ލޭން ހިމެނޭގޮތައް ރައީސް ޔާމީން އަދި އިކިނޮމިކް ކައުންސިލް ނިންމިއެވެ. ބްރިޖްޕްރޮޖެކްޓް މެނޭޖްކުރަން ހަވާލުކުރީ ހައުސިންގް މިނިސްޓްރީއަށެވެ. ނަމަވެސް ސީދާ މުއިއްޒު ވަނީ ފަހުވަގުތު 2 ލޭން އަމިއްލަފައިދާއަށް ގެއްލުވާލާފައެވެ.

މިހާރު ބްރިޖްގެ ފުޅާމިނުގައި އިންނާނީ 20 މީޓަރެވެ. 5 މީޓަރުގެ ފުޅާމިން ގެއްލުވާލީމާ އެއީ އެތައް ކޮންކްރީޓް އަދަދެކެވެ. ނަމަވެސް އަގަކަށް ބަދަލެއްނާދެއެވެ. އެހެންވެ އެފައިސާ ވީތަނެއް އިނގޭނީ މުއިއްޒުއަށް ކަމަށް އެވަޒީރު ވިދާޅުވިއެވެ.

ބްރިޖުން ބައިސްކަލްގައި އަދި ޖޮގިންކޮށްފައި ހުޅުމާލެއަށް މިހާރު ނުދެވެނީ ސީދާ މުއީޒު އާއި ހެދި!

"މިކަމަކީ ބަލަން ޖެހޭ މައްސަލައެއް، ބްރިޖްގެ ލޭންތައް ބަލާލަން ބްރިޖް ނުހުޅުވަނީސް ރައީސް ޔާމީން ވަޑައިގެންނެވި ދުވަހު ރައީސް ޔާމީން އަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އަޅުގަނޑުވެސްއެތާ ހުރިން އަދި ބައިސްކަލް ލޭން ކޮބާތޯ ރައީސް ޔާމީން ސުވާލުވެސް ކުރެއްވި، އެއީ ބައިކް މޯލްޑިވްސް އަށް ވެސް އަޅުގަނޑުމެން އޭރުދެންނެވިން އޮންނާނެ ކަމަށް ބައިސްކަލް 2 ލޭން" ކުރީގެ ވަޒީރު ވިދާޅުވިއެވެ. "މިއޮތީ ރަސްމީ އޭރުގެ ލިޔެކިޔުން،މިއޮތީ ސިނަމާލެ ބްރިޖްގެ ކްރޮސް ސެކްޝަން އޮތްގޮތް!" ވަޒީރު މިހެން ވިދާޅުވެ ބައެއްލިޔެކިޔުންތައްވަނީ މިނޫހާއި ހިއްސާކޮށްފައެވެ. އެގޮތުން މިއާރޓިކަލްގައިވާ ފޮޓޮއަކީ އޭރު ފައިނަލްކޮށްފައިވާ ބްރިޖްގެލޭންތަކެވެ. ފޮޓޯގައި ރަތްކުލައިން މާކްކޮށްފައިވާ 2 "ބައިސްކަލް ލޭން" ވަނީ އެއްކޮށްގެއްލުވާލާފައެވެ.

މިއީ މާލޭ ރައްޔިތުންނަށްވީ ވަރަށް ބޮޑު ބޭވަފާތެރިކަމެކެވެ. އަދި މިއީ އިޔާދަ ކުރެވޭނެ ވަރުގެ ގެއްލުމެއްނޫނެވެ. އަދި މީހުން ހިނގާށާއި އަދި ޖޮގިން ކުރަން އޮންނަ ބައި ހުޅުމާލެ އާއި ހިސާބައް ގުޅުވާލަން އޮތްބައިވެސް މުއިޒް ވަނީ ގެއްލުވާލާފައެވެ.

އަދި މީގެއިތުރުންވެސް ބްރިޖްގެ ފީނަގަން އަގުބޮޑުސިސްޓަމެއްގެނެސްގެން ބޮޑުއަގުގައި ފީނަގަން މުއިއްޒު މަސައްކަތް ކުރިއެވެ.

މުއިއްޒު ހުރިނަމަ މިހާރު ބްރިޖް ހުރަސްކުރާ ކޮންމެ ފަހަރަކު އަގުބޮޑުކޮށްފީނަގާނެ !

ބްރިޖުން ހުރަސްކުރާ ރައްޔިތުން އަތުން ފީނަގަން އެންމެ ބޮޑަށް ކެބިނެޓްގަވެސް ވަކާލާތުކުރީ މުއީޒެވެ. ހިލޭ ދޭކަށް ނުޖެހޭކަމަށާ އެގޮތައް ދިފިނަމަ ޒުވާނުން ރޭސް ޖަހާނެކަމަށް ބުނެ ކެބިނެޓްގައި ވަކާލާތުކުރިއެވެ. އަދި މުއިއްޒުއައް ފައިދާވާގޮތައް އަގުބޮޑު ސިސްޓަމެއް ވެސް ބްރިޖްފީނަގަން މުއިއްޒު ގެންނަންއުޅުކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތަށް މުއިއްޒު ހައުސިންގް މިނިސްޓަރުކަމުގައި އެޅި ޗައިނާ ފްލެޓް ތަކުންނާއި އަދި ފަހުން އެޅި 7000 ޔުނިޓް ހެދި ޗައިނާ ކުންފުނިތަކަށްވެސް އެތައް ރިޝްވަތުގެ ފައިސާއެއްދޭން ޑިމާންޑްކުރިއެވެ. އަދި ސޮވަރީން ގެރެންޓީ ދޭން އަމިއްލައަށް ވައުދުވެ އެކަން ރައީސް ޔާމީން އަށް ފަޅާވެސްއެރިއެވެ. މިގޮތައް އެތައް ކަމެއް އެވަޒީރު ކިޔައިދެއްވިއެވެ. މުއިއްޒު ފޯން ނުނަގާތީ މިތުހުމަތުތަކުގެ ޖަވާބު އަދި ވަނީ ނުލިބިފައެވެ.

މުއީއްޒުގެ ގެކޮޅު ވަނީ ލަގްޒަރީކޮށް އަގުބޮޑުކޮށް ހަދާފައެވެ. ނަމަވެސް ރައްޔިތުންނަށް އޮތީ ކުޑަގޮޅިތަކެކެވެ. އަދި މިއަދު މުއިއްޒު އަމިއްލަ ޓީވީ ރޭޑިއޯ ލޯންޗްކޮށް އަދި އިސްތިހާރުތަކާއި ނޫސްތަކާއި ޓީވީ ތަކުން ދެއްކުމަށް މިލިއަނުން ރުފިޔާ ޙަރަދު ކުރަނީ ކޮންތާކުން ހޯދައިގެންތޯ އާންމުން ސުވާލުކުރެއެވެ. އަދި ރައްޔިތުންނާ ބައްދަލުނުކޮށް ގޭގެއަށްނުވަދެ މަޝްހޫރު މީހުނާއި އެކީގައި ފޮޓޯނަގައިގެން އިލެކްޝަން ކާމިޔާބު ކުރަންއުޅުމުން ސިފަވަނީ މުއިއްޒު އަދާލަތުން އެމްޑީއޭއަށް އަދި ފަހުން ޕީޕީއެމްއަށް ބަދަލުވެ އެއްވެސް ހަރުދަނާ އުސޫލުތަކެއްގައި ނުހިފެހެއްޓުމުގެ ސިފަތައްކަމައް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

5 Responses

  1. ބައިސްކަލް ޅޭނު ޢިންނަންޖެހޭ އެކަމު މިމާލޭގަ ދިވެއްސަކަށް ކާކު ބައިސްކަލްދުއްވަނީ ދެންބްރިޖް އަރާ އިރު ޅާރިނެގުން ހުޅުމާލޭ ގިޔަ ރައްޔިތުން ތާއީދު ކުރާކެމެއް މީ އެއީ ރޭސްޖަހަން އޮތް ތަނެއްނޫން އެކަން ހުއްޓުވޭނީ ލާރި ނަގައިގެން

  2. ބޯގޯސް ވާހަކަ. ތިޔަ ބުރިޖަށް ރާއްޖެއިން ދޭންޖެހުނީ މަދު ލީރިކޮޅެއް 80މިލިއަން. ދެން 1000 މިލިއަން ކިޔަސް 5000 މިލިއަން ކިޔަސް ބާކީ ބޮޑު ބަޔަކީ ޗައިނާގެ ހިލޭ އެހީގެ ގޮތުގައި ދިން އެހީ. ދެން އޮންނާނީ ލޯނުގެ ގޮތުގައި އޮންނަ ކުޑައެތިކޮޅެއް. އެހުރިހައި ފައިސާއެއް ދާނީ ބްރިޖުހެދި ކުންފުންޏަށް. ފުރަތަމަ ކުރެހުމެއް ކުރެހިޔަސް އެބައި މުހިންނަކަމަށް ނުފެންނަންޏާ އުނި ކޮށްފާނެ. އަދި އަވަސްކުރުމާއި އެނޫން ކަންކަމުގެ ސަބަބުންވެސް އަގުބޮޑުވާކަމަށް ފެންނަންޏާ މިހާރު ހަދާހެން އިރުއިރުކޮޅާ އިތުރަށް މިލިއަނުން ފައިސާނުދީ ބޭނުން ނުވާ ބައިތައް އުނިކުރެވިދާނެ. ބުރިޖު މިހާރު އެއޮތީ ހަމަ ރަނގަޅަށް. ދެން އެތަން ރަނގަޅަށް ބޭނުންކުރަން އެނގޭކަހަލަ މީހަކު ވެރިއަކަށްހުރީމާ ނިމުނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *