Ad

ހިޔާ ފުލެޓްތަކުގެ ގުރުއަތުލުން ފަށައިފި

ހުޅުމާޅެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ގުރުއަތުލުން މިއަދު ފަށައިފިއެވެ.

އެންމެ ފުރަތަމަ ގުރުއަތު ނަގަން ފަށާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީ ނުވަތަ އެޗް-10 ކެޓަގަރީންނެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން ގުރުއަތު ނަގާ މަންޒަރު ބައެއް ޓީވީތައް މެދުވެރިކޮށް ލައިވްކޮށް ދަނީ ދައްކަމުންނެވެ. ފުލެޓްތަކުގެ ގުރުނެގުން ހަފްތާއަކަށް ދެމިގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ. އެޗްޑީސީން ބުނީ، މި ދުވަސްވަރަކީ ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން ގުރުއަތު ނަގާ ހޯލަށް ދައުވަތު ދީގެން އަންނަ އޮބްޒާވަރުންނަށް ވަނުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ގުރުއަތު ނަގާނީ ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރު ތަރުތީބުން ކަމަށެވެ. އަދި ގުރުއަތު ނަގާ އިރު، ނެގުނު ފުލެޓާއި ފުލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދައްކައެވެ. އަދި ފުލެޓް ލިބުނު ފަރާތުން ދީފައިވާ ފޯނު ނަމްބަރަށް އެސްއެމްއެސް އެއް ލިބޭނެ ކަމަށާއި އެ އެސްއެމްއެސްގައި ނެގުނު ފުލެޓާއި ޓަވަރާއި ފުލޯ ހިމެނިފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ގުރުއަތުން ލިބުނު ފުލެޓްގެ އެގްރީމެންޓުގައި ސޮއިކުރުމާއި ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާން ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްތަކުގެ އަގުތައް ބަލާއިރު ޑައުންޕޭމަންޓެއް ނުދައްކައި، ކުލި 25 އަހަރަށް ބަހާލާނަމަ މަހަކު ދައްކަން ޖެހޭނީ 7،500 ރުފިޔާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *