Ad

ޝާފިއު: ތަޢުލީމީ ގާބިލް ހިންގުންތެރި ޒުވާނެއް

އަހުމަދު ޝާފިއު އަކީ ގެމަނަފުއްޓަށް އުފަން ޒުވާނެކެވެ. އިލްމީ ޤާބިލް ޒުވާނެކެވެ. ޝާފިއު އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކެރޭ ހީވާގި، ކަންކަމުގައި އިސްނަގަން ކެރޭ ހިންގުންތެރި ލީޑަރެއްގެ ގޮތުގައެވެ. ތަޢުލީމީ ދާއިރާއިން މާސްޓަރސް ޚާސިލްކޮށް ގެމަނަފުށީ ސްކޫލްގައި ތަޢުލީމީ ދާއިރާއަށް 5 އަހަރު ޚިދުމަތް ކުރެއްވިއެވެ.

ޝާފިއު އިސްވެ ހުރެ ކުރި މަސައްކަތުން އެތައް ކަމެއް ކާމިޔާބުކޮށްފައިވެއެވެ. މިގޮތުން ދިވެހި މަސްވެރިންގެ ޖަމްއިއްޔާ އުފައްދާ އެ ޖަމްއިއްޔާގެ ޚިދުމަތް މުޅި ޤަައުމަށް ފުޅާކުރެއްވިއެވެ. އެޖަމްއިއްޔާއިން ވަނީ ރަށުފެންވަރާއި، އަތޮޅު ފެންވަރާއި، އަދި ޤައުމީ ފެންވަރުގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ހުޅުވާލައިގެން ކާމިޔާބު އެކި މަޝްރޫޢުތައް ހިންގާފައެވެ. އަދި މަސްވެރިންގެ ޖަމްއިއްޔާއިން ވަނީ ގެމަނަފުށީގެ ކުރިއެރުމާއި، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ތަފާތު ޕްރޮގްރާމްތައް ހިންގާފައެވެ. މިގޮތުން ކުރީގައި މަސްވެރިކަމުގައި އުޅުނު އުމުރުން ދުވަސްވީ އިސްރައްވެހިން ގޮވައިގެން ޒަމާނީ ދޮށީގެ މަސްވެރިކަން ކުރާގޮތް ދައްކާލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އެރަށު އިސް ރަށްވެހިން ގޮވައިގެން ވަނީ މަހަށް ގޮސްފައެވެ. އެދުވަހު ލިބުނު ހުރިހާ ފައިސާއެއްވެސް އެމީހުންނަށް ހަދިޔާ ކުރިއެވެ. މަހަށް ދިއުމުގެ ފުރުޞަތަކީ އަންހެނުންނަށް މަދުން ނުނީ ނުލިބޭނެ ފުރުޞަތެކެވެ. ޝާފިއު އިސްވެ ގެމަނަފުށީގެ އަންހެނުންނަށް އެފުރުޞަތުވެސް ފަހިކޮށްދިނެވެ. ބޭންކް އޮފް މޯލްޑިވްސްގެ އަންހެން ޓީމަކާއި، ގެމަނަފުށީގެ އަންހެނުންނަށް، މިހާރު ކުރާ ޒަމާނީ ދޮށީގެ މަސްވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދިވެހި މަސްވެރިންގެ ޖަމްއިއްޔާއިން ފޯރުކޮށްދިނެވެ. މި ދަތުރުގައި ފަތުރުވެރިންވެސް ބައިވެރިކޮށް ރާއްޖެއިން ބޭރަށް މި ހަރަކާތް ފޯރުކޮށްދިނެވެ.

ހުވަދު އަތޮޅަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ރާއްޖޭގައި އެންމެ ކުޅަދާނަ އަތޮޅެވެ. ހުވަދޫގައި ދޮށީގެ މަސްވެރިކަން ކުރާގޮތް ތަޖުރިބާކޮށްލުމުގެ ފުރުސަތަކަށް އެދިއެދި ތިބި އެތައް ބަޔަކު ރާއްޖޭގައި ތިއްބެވެ. އެ ފުރުޞަތުވެސް ޝާފިޢު އިސްވެ ހުރެ ދިވެހި މަސްވެރިންގެ ޖަމްއިއްޔާއިން ފަހިކޮށްދިނެވެ. އާންމުކޮށާް މަސްވެރިކަމުގައި ނޫނޭ ޒުވާނުން ގެމަނަފުއްޓަށް ގެންގޮސް ހުވަދުއަތޮޅުގައި މަސްވެރިކަން ކުރާ ގޮތް އެ ޒުވާނުންނަށް ދަސްކޮށްދިނެވެ.

މީގެއިތުރުން ގެމަނަފުށީގެ ތުއްތު ކުދިންނާއި، ކަނބަލުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ޝާފިޢު އިސްވެހުރެ މަސްވެރިންގެ ޖަމްއިއްޔާއިން ވަނީ ކޮށްފައެވެ. އަދި ޔޫއެންޑީޕީ ފަދަ ބައިނަލްއަޤުވާނީ ޖަމްއިއްޔާތަކާ ގުޅިގެން ހުވަދުއަތޮޅުގައި އެކިއެކި ދިރާސާ ކުރުމުގެ ޕޮރޮގްރާމްތައްވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން މަސްވެރިންނަށް ޑައިވިންގ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަކީވެސް ދިވެހި މަސްވެރިިންގެ ޖަމްއިއްޔާއިން ކާމިޔާބުކޮށްފައިވާ ޕްރޮގްރާމްތަކެވެ.

ޝާފިއު އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ މަސްވެރިކަން ކުރިއަރުވަން މަސައްކަތްކުރާ ޒުވާނެއްގެ ގޮތުގައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ "މަސްވެރިކަން ދަސްކުރަމާ" ގެ ނަމުގައި ކުޑަކުދިންނަށް މަސްވެރިކަން ދަސްކޮށްދިނުމަށް ތައްޔާރުކުރި ފޮތްތަކެވެ. މި ފޮތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މާލޭގެ ބުކްޝޮޕްތަކުން ލިބޭނެއެވެ.

މީގެއިތުން މަސްވެރިކަން ޕްރަމޯޓްކުރަން ޝާފިއުގެ މަސްޢޫލުވެރިކަމުގައި އުފެއްދި މަސްވެރިންގެ ނޫހަކީ ރާއްޖޭގެ އެންމެ މަޤްބޫލް ނޫސްތަކުގެ ތެރޭގައި ގުނާލެވޭ ނޫހެކެވެ. މި ނޫހަށް މަސްވެރިންނާއި، އާންމުންގެ ބޮޑު ތާއީދެއް އޮންނަކަން ފާހަގަކޮށްލެއެވެ. ޝާފިއުގެ މިފަދަ މަސައްކަތްތައް ސަރުކާރުން ބަލައިގަނެ ޤައުމީ ފެންވަރުގެ އިނާމުވެސް ދީފައިވެއެވެ.

ޝާފިއު ބޭނުންވަނީ އޭނާގެ ޚިދުމަތް އަދިވެސް ފުޅާކުރުމަށެވެ. މިކަން ކުރުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތަކީ ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބުގައި ގއ. ގެމަނަފުށީ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކޮށް، އެމަޤާމު ކާމިޔާބުކޮށްގެންކަމަށް އޭނާ ގަބޫލުކުރެއެވެ. ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ގެމަނަފުށީ ކައުންސުލްގެ ރައީސްކަމަށް އޭނާ ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. ކެމްޕެއިން ކުރައްވަނީވެސް މުޅިން ފަރާތުގޮތަކަށެވެ. ރަށަށް ކޮށްދޭނެ ކަންތަކާއި، އެކަން ކުރާނެ ގޮތް ސާފުކޮށްދެއެވެ.

އެހެންކަމުން ކުރިއަަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގެމަނަފުށީގެ ކައުންސިލްގެ ރައީސްކަމަށް ޝާފިއު ހޮވުމަކީ މުޅި ރަށަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ކަށަވަރެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *