ވޭމަންޑޫ އަބްދުﷲ ޝަރީފަކީ އަތޮޅުގެ އެންމެން ދަންނަ އެންމެންގެ އެކުވެރިއެކެވެ. އަތޮޅަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރި އެކެވެ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމާއި އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވިއެވެ. އަތޮޅަށް ޢިހުލާސްތެރި ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ.
އަބްދުﷲ ޝަރީފް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން މަސައްކަތްކުރާ ހިންގުންތެރި ވިސްނުން ތޫނު ލީޑަރެއްގެ ގޮތުގައެވެ. ޚިދުމަތް ދިނުމުގައި ވަކި ކުލަޔަކަށް ބެއްލެވުމެއް ނެތި އެންމެން ހަަމަހަމަ ކުރައްވައެވެ. ތ. އަތޮޅު އެންމެ ބޮޑަށް އެނގޭނެ ބޭފުޅަކީ އަބްދުﷲ ޝަރީފުކަމާމެދު ޝައްކެއް ނެތެވެ.
ޝަރީފަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ހިތްހެޔޮ ބޭފުޅެކެވެ. ކޮންމެ މީހަކާވެސް ބައްދަލުކުރައްވަނީ ހިނިތުންވުމާއެކުގައެވެ. އެއީ އަތޮޅުގެ އެންމެންގެ އެކުވެރިއެކެވެ. އެންމެންނާ ވެސް ކުޅޭ މަޑުމައިތިރި ހިތްތިރި ބޭފުޅެކެވެ. ޚާއްޞަކޮށް އަތޮޅުގެ އިސް ރައްވެހިން ކަމަށްވާ ދޮށީ އުމުރުގެ މީހުންނާ ގާތް ގުޅުމެއް ބާއްވަވައެވެ.
ޝަރީފުގެ ޚިދުމަތްތައް ތ. އަތޮޅުން ފަނޑުނުވެ ފެންނަން ހުންނާނެއެވެ. އަތޮޅަށް އައި ކޮންމެ ތަރައްޤީއެއްގެ މުގުލުގައި ހުންނެނީ އަބްދުﷲ ޝަރީފެވެ. ޝަރީފް ބޭނުންވަނީ އަދިވެސް އަތޮޅަށް ހިދުމަތް ކުރައްވާށެވެ. އެކަން އެންމެ ފުރިހަމައަށް ކުރެއްވޭނީ ކުރިއަތް އޮތް ލޯކަލް ކައުންސުލް އިންތިޚާބުގައި ވާދަކޮށް ތ. އަތޮޅުގެ ރައީސްކަން ލިބިގެންނެވެ.
ކުރިއަށްއޮތް ކައުންސިލް އިންތިހާބަށް އަބްދުﷲ ޝަރީފް ކުރިމަތިލެއްވީ ހަރުދަނާ ސިޔާސަތު ތަކާ އެކީގައެވެ. މުޅި އަތޮޅާއި ރައްޔިތުންގެ ތަރައްޤީއަށް އަދިވެސް މަސައްކަތް ކުރެއްވުމުގެ އަޒުމުގައެވެ. އެރޫހު އެބަހުއްޓެވެ. އެކަން ކުރެވޭނެ ޤާބިލްކަން އެބަހުއްޓެވެ. އެހިއްވަރު އެބަހުއްޓެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.