Ad

މަޑުއްވަރީ ކައުންސިލްގެ ރައީސަކަށް މުޙައްމަދު ސޯދިޤު

މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް މަޝްހޫރު ނޫސްވެރިޔާ މުޙައްމަދު ޞާދިގު ހޮވިއްޖެއެވެ.

އޭނާ މި އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ޓިކެޓްގައި ނިކުމެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ސާދިގުއާ އެންމެ ގާތުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓާ ދެމެދު 100 އަށްވުރެ ގިނަ ވޯޓުގެ ތަފާތެއް އެބައުޅެއެވެ. އެހެންކަމުން ނަތީޖާއަށް ބަދަލު އަންނާނެ ކަމަކަށް ދެން ނުބެލެވެއެވެ.

ޚަބަރުތަކާއި ޕްރޮގްރާމްތައް ހުށަހެޅުމުގައި ދަޢުލަތުގެ މީޑިއާގައި 12 އަހަރު ހޭދަކުރުމަށްފަހު މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން ސޯދިގު ދިޔައީ މަހަށެވެ. އޭގެފަހުން މިއަދާ ހަމައަށްވެސް މަސްވެރިކަމުގައި ހަރަކާތްތެރިވި ސާދިޤު ފާހަގަ ކުރެވިފައިވަނީ ކުރާ ކަމެއް ވަރަށް ޝައުގުވެރިކަމާއެކު ކުރާ ހުނަރުވެރިއެއްގެ ގޮތުގައެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް މުހައްމަދު ސާދިޤު ހޮވުމާ ގުޅިގެން އިރުވަރު ނޫހުގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *