Ad

ތ. ވަންދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ސަރުކާރަށް

ތ. ވަންދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ސަރުކާރަށް ކާމިޔާބު ވެއްޖެއެވެ.

ވަންދޫ ކައުންސިލަށް އިންތިހާބުވީ އެމްޑީޕީ ޓިކެޓުގައި ޓިކެޓުގައި ކުރިމަތިލީ 4 ކެންޑިޑޭޓުންނާއި އެމްޑީޕީގެ ތާއީދާއެކު އަމިއްލަ ގޮތުން ވާދަކަ ކުރި ކެންޑިޑޭޓެކެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ވަންދޫ ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ މިހާރުވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޝިޔާޒް އިބްރާހިމެވެ. ކައުންސިލަށް އިންތިހާބުވި އަނެއް މެމްބަރުންނަކީ މިހާރުވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަލީ ނިޒާމާއި، މުޅިން އަލަށް ކައުންސިލަށް ވާދަކުރި ފަޒުނާ އަލީއާއި ރަފިއްޔާ އަބްދުއް ރަހީމެވެ. އެމްޑީޕީގެ ތާއީދާއެކު އިންތިހާބު ކާމިޔާބު ކުރި އަމިއްލަ ކެންޑިޑޭޓަކީ ހުސައިން އަފީފެވެ.

މިއީ ވަންދޫ ކައުންސިލް އެމްޑީޕީން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކައުންސިލްގެ އެއްވެސް ގޮނޑިއެއް އެމްޑީޕީއަށް ލިބިފައެއް ނުވެއެވެ. މީގެކުރިން ކައުންސިލް ކޮންޓްރޯލް ކުރަމުންއައީ ޕީޕީއެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *