Ad

ތައިލެންޑްގައި ކޮވިޑުގެ ނުރައްކާ ކުއްލިއަކަށް ބޮޑުވެއްޖެ

މިފަހަރު އެންމެ ނުރައްކަލީ ބެންކޮކު

ތައިލެންޑުގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވެ، ބޮޑު ސަރަހައްދެއް "ރެޑް އެލާޓް" ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ރަސްމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އުޅެނީ ހާހުންމަތީގައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިވަގުތު ކޮވިޑުގެ ނުރައްކާ އެންމެ ގޯސްވެފައި ވަނީ ވެރިރަށް ބެންކޮކުގައެވެ. އެއަށް ފަހު، ޓޫރިސްޓު ޑެސްޓިނޭޝަން ޝިއަންގމައި އެވެ.

ސަރުކާރުން މިހާރު ވަނީ ދެ ހަފުތާއަށް ސްކޫލުތަކާއި ޔުނިވާސިޓީ ކޮލެޖްތައް ބަންދުކޮށްފައެވެ. އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ކަނޑައަޅާފައެވެ. ސަލާމަތީ މިންގަނޑު ހަރުކަށި ކުރުމުގެ ގޮތުގައި ރެސްޓޯރަންޓްތަކާއި ޝޮޕިންގމޯލްތައް ރޭގަނޑު 9 ޖަހާއިރު ބަންދުކުރަން ޖެހެއެވެ. ޕަބްތަކާއި މަސާޖުކުރާ ތަންތަނާއި ޕާކުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ސިއްޚީ އިދާރާގެ ތަރުޖަމާނުން ބުނެފައިވާ ގޮތުގައި މިހާރު ފެތުރެމުންދަނީ އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19ގެ ވައްތަރެވެ.

ތައިލެންޑުން އުފެއްދި ކޮވިޑް-19 ވެކްސިން މޭ މަހުގެ މެދުތެރޭގައި ޖަހަންފަށާނެ ކަމަށް ސަރުކާރުން އިއުލާނުކޮށްފައިވެއެވެ. ސަރުކާރުން އެދިފައިވަނީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ރަޖިސްޓްރީވުން މުހިއްމު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *