Ad
ތ. ކަނޑޫދޫގައި ބެހެއްޓުނު ވޯޓުފޮށީގެ ވޯޓު ގުނުން ކުރިއަށް ދަނީ:
ތ. ކަނޑޫދޫގައި ބެހެއްޓުނު ވޯޓުފޮށީގެ ވޯޓު ގުނުން ކުރިއަށް ދަނީ:

ކަނޑޫދޫގެ ވޯޓު މައްސަލައިގައި ކޯޓަށް!

މިމަހު ދިހަވަނަ ދުވަހު ބޭއްވުނު ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި ތ. ކަނޑޫދޫ ކައުންސިލަށް މެމްބަރުން އިންތިޚާބުކުރުމަށް ނެގުނު ވޯޓާ ގުޅިގެން އިންތިޚާބުގައި ވާދަކުރި ދެކެނޑިޑޭޓަކު ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

ކަނޑޫދޫ ވޯޓުގެ މައްސަލަ މިއަދު ހައިކޯޓަށް ހުށައަޅާފައިވަނީ ކައުންސިލް މެމްބަރުކަމަށް ވާދަކުރި ކެނޑިޑޭޓް މުޙައްމަދު އާދަމް (ކުޑޭ) އާއި ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ގޮނޑިއަށް ވާދަކުރި ކެނޑިޑޭޓް ސިފްނާ ޢަބްދުﷲ އެވެ.

ކަނޑޫދޫ ކައުންސިލްގެ މެމްބަރުކަން މިހާރު އަދާކުރަށްވަމުން ގެންދެވިނަމަވެސް ނިމިދިޔަ އިންތިޚާބުގެ މިހިނދު ހާމަކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި 6 ވޯޓުގެ ކުޑަ ތަފާތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މުޙައްމަދު އާދަމް (ކުޑޭ) މިމައްސަލައާ ގުޅޭގޮތުން މިނޫހާ ވާހަކަދައްކަމުން ވިދާޅުވެފައިވަނީ، އެންމެ 300 އެއްހައި މީހުން ވޯޓުލާފައިވަނިކޮށް 70 އަށްވުރެ ގިނަ ވޯޓު ބާޠިލުކަމުގައި ކަނޑައެޅުނުނަމަވެސް އެވޯޓުތައް ބާޠިލުވީގޮތް ހާމަކޮށްދީ ސާފުކޮށްދީފައި ނުވާކަމަށެވެ.

އަދި، ވޯޓުކަރުދާސް އެއްވެސް މީހަކަށް ދެއްކުމެއްނެތި އަމިއްލަ އަމިއްލައަށް ގުނައި ވޯޓުގެ ޢަދަދު ލިޔުމަށްފަހުގައި ބަލަންތިބޭ މީހުންގެ މޫނުމަތީގައި ކަރުދާސްކޮޅު ހޫރާލައިގެން ވޯޓު ގުނާފައިވާއިރުއާއި، ވޯޓުގުނުމުގައި އޮފިޝަލުންނަށްވެސް އެތަކެއް ފަހަރު އޮޅުން އަރައި ގުނަމުން ގެންދިޔަ ވޯޓު އިސްފަސްވެފައިވުމުގެ އިތުރުން، ފޮށްޓަށް ވޯޓުލީ މީހުންގެ ޢަދަދާއި ބާޠިލް އަދި ޞައްޙަ ވޯޓުގެ ޖުމްލަ ދިމާނުވުމުގެ މައްސަލަވެސް ހުރިއިރު މިހާރު އިޢުލާނުކޮށްފައިވާ ނަތީޖާއަކީ ހާމަކަން ބޮޑުގޮތެއްގައި ވޯޓުގުނިގެން ދެފުށްފެންނަ ގޮތެއްގެ މަތިން ސާފުކުރެވިފައިވާ ޞައްޙަކަން ކަށަވަރު ނަތީޖާއެއްކަމަށް ޤަބޫލުކުރެވޭނެ ހަމައެއް ނެތްކަމަށްވެސް މުޙައްމަދު އާދަމް ފާހަގަކުރެއްވިއެވެ.

ކަނޑޫދޫ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ޝީޓު: ޖުމްލަ ވޯޓާއި ވޯޓުލީ މީހުންގެ ޢަދަދު ދިމާނުވޭ

"އެންމެ ޝަކުވާއެއް ދެޝަކުވާއެއް ނޫން ހުރީކީ. ވޯޓު ނަގަމުން ދިޔައިރުން ފެށިގެން ގުނުމުގެ ތެރެއިންނާ ވަގުތީ ނަތީޖާއާ ގުޅިގެންވެސް ހުރި މައްސަލަތައް ފާހަގަވުމާއެކު ވޯޓުލާ މަރުކަޒުންފެށިގެން ކޮމްޕްލެއިންސް ބިއުރޯއާ ހަމައަށް އެޝަކުވާތައް އުފުލުމުންވެސް ޤާނޫނާ އެއްގޮތަށް ޙައްލު ހޯދައިދީފައި ނުވާތީވެ ޝަރުޢީ ކޯޓަށް ހުށައެޅީ. މިއީ ބަލިވުމަކުން ނަތީޖާ ގަބޫލުނުކުރެވިގެން ކޮށްގެން އުޅޭ ކަމެއް ނޫން. އިންސާފުވެރި ވޯޓެއްނަމަ ނުހޮވޭނެ އެއްވެސް ސަބަބެއް ނޯންނާނެކަން މާޒީވެސް ހެކިދޭނެ"

މިހާތަނަށް ކައުންސިލްކަމަށް ވާދަކުރެއްވި ދެފަހަރުވެސް ޖައްސަޖައްސައިގެން ދެދައުރަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރު މުޙައްމަދު އާދަމް އިތުރަށް ހާމަކުރެއްވިއެވެ.

ޢާއިލީ ސަބަބުތަކާހުރެ ރަށުގެ ސިޔާސީ ދެފިކުރުގެ ތެރެއިންވެސް ގިނަ ވޯޓުތަކެއް ލިބޭނެކަމަށް ރަށުގެ އެންމެން ކަހަލަގޮތަކަށް ގަބޫލުކޮށްގެންތިއްބާ ކުއްލި ސިހުމަކާއެކު ހަމަ ކުޑަތަފާތަކުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ކެނޑިޑޭޓް ސިފްނާ ވެސް މިނޫހާ ވާހަކަދައްކަމުން ވޯޓާ ގުޅިގެން ކޯޓަށް ދާންޖެހުނު ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ.

"ނިދަން އޮށޯތްއިރުވެސް އަނެއް ކެނޑިޑޭޓުވެސް އަޅުގަނޑާއެކު މިއޮންނަނީ 200 ވޯޓުން ހަމަހަމައިގައި. ކުއްލިއަކަށް އަޅުގަނޑަށް 2 ވޯޓު މަދުވެފައި އަނެއްކެނޑިޑޭޓަށް 2 ވޯޓު އިތުރުވެގެން 4 ވޯޓުގެ ތަފާތެއްވެސް އައިސްފައި އެބަހުރި"

ކަނޑޫދޫގެ ވޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން ސިފްނާ ބުންޏެއްވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ސައިޓްގައި ފުރަތަމަ އިޢުލާނުކޮށްފައިވާ ނަތީޖާއިން ސިފްނާއާ އަނެއް ކެނޑިޑޭޓްވެސް އެއްވަރުގައި
އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ސައިޓްގައި ފުރަތަމަ އިޢުލާނުކޮށްފައިވާ ނަތީޖާއިން ސިފްނާއާ އަނެއް ކެނޑިޑޭޓްވެސް އެއްވަރުގައި އޮތުމަށްފަހު ކުއްލިއަކަށް ސިފްނާގެ ވޯޓު ދައްވެ އަނެއް ކެނޑިޑޭޓުގެ ވޯޓު އިތުރުވި އިރުގެ ސްކްރީމް ފޮޓޯ

އިދިކޯޅު ދެކެނޑިޑޭޓުންގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލައިގައި އެދިފައިވަނީ، ތ. ކަނޑޫދޫ 1 ނަމްބަރު ވޯޓުފޮއްޓާއި ތ. އަތޮޅު މާލެ 3 ނަމްބަރު ވޯޓުފޮއްޓަށް ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ޚާއްޞަ ސެކިޔުރިޓީ އުރަތައް ކަނޑުމަށާއި، ތ. ކަނޑޫދޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންނަށް އެ ދެފޮށިން ލިބިފައިވާ ވޯޓުގެ ޢަދަދުތައް ކަށަވަރުކުރުމަށް އެދެފޮށީގެ ވޯޓުތައް އަލުން ގުނުމަށް، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދެއްވުމެވެ.

މިކައުންސިލް އިންތިޚާބާ ގުޅިގެން ޙައްޤުތައް ކަށަވަރުކޮށްދެއްވުން އެދި ކަނޑޫދޫ ރައްޔިތުން މަތީ ކޯޓުތަކަށް އަބަދުހެން ދާކަން ފާހަގަކޮށްލެވެއެވެ.

ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އިދިކޮޅު ކެނޑިޑޭޓުގެ ކެނޑިޑޭންސީ ތިންވަނަ ފަހަރަށް ސްޕްރީމް ކޯޓާ ހަމައަށް ހުށައެޅިގެން ބާޠިލުކޮށްފައިވާއިރު، އެނިންމެވުމުގެ ސަބަބުން އުފަންވެގެން އައި ޙާލަތުގައި ރައްޔިތުންގެ އަސާސީ ޙައްޤުތައް ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލުކޮށްފައިވާކަމަށް ބުނެ ކަނޑޫދޫގެ ގިނަ ރައްޔިތުންތަކެއްގެ ފަރާތުންވެސް ހައިކޯޓަށް މައްސަލައެއްވެސް ހުށައަޅާފައި ވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *