Ad

ސަރުކާރު ހިނގާގޮތް ކަމަކު ނުދޭ: އިބްރާ

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިނގާ ގޮތް ކަމުނުދާ ކަމަށާއި އެކަމަށް ރައީސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ވެއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ބޭބެ އިބްރާހީމް އިސްމާޢީލު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ ޓީވީ ޕްރޮގްރާމަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހު ސަރުކާރު ހިންގުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށެވެ.

"ރައީސް ވިސްނަވަންވީ ސަރުކާރު ހިންގަން. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވިސްނަންވީ ރައްޔިތުންގެ މަޖިލިސް ހިންގަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމުގެ މަޝްވަރާތައް ފެށުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ހުށަހަޅުއްވުމުން އެކަމާ ދެކިލައްވާ ގޮތާ ބެހޭ ގޮތުން ޕްރެޒެންޓަރު ސުވާލުކުރެއްވުމުން އިބްރާ ވިދާޅުވިއެވެ. "މިއީ ވެރިކަމުގެ ނިޒާމުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން. ކޮންމެ މީހަކު ބަލަންވީ އެމީހެއްގެ ދާއިރާ ހިންގޭތޯ."

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *