Ad

އިންޑިޔާގައި ދުވާލަކު އެއް މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ޖަހާ

މިނިސްބަތް އިތުރު ނުކޮށްފިނަމަ ވެކްސިން ބޭނުންވެފައިވާ އެންމެނަށް ވެކްސިން ޖަހާ ނިންމަން ދެތިން އަހަރު ނަގާނެ

ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ އިންޑިޔާގައި މިހާރުވެސް ކޮންމެ ދުވަހަކު އެވްރެޖްކޮށް އެއް މިލިއަން މީހުންނަށް ވެކްސިން ޖަހާކަމަށް އެގައުމުގެ ސިއްޚީ ދާއިރާއިން ހާމަކޮށްފިއެވެ.

އާބާދީގައި 1.6 ބިލިއަން މީހުން ހިމެނޭ އިންޑިޔާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މިވަގުތު ކޮވިޑް ވެކްސިން ޖެހުމުގެ ސްޕީޑް މައްޗަށް ޖެއްސޭކަށް ނެތެވެ.

"މިހާރު މިއީ ގައުމުގެ ހުރިހާ ރިސޯސެސްއެއް ބޭނުންކޮށްގެން ދުވާލަކު އެންމެ ގިނައިން ވެކްސިން ޖެހޭނެ ވަރު. އިތުރު ކުރެވޭނެ ގޮތެއް އަދި ނެތް،" ހެލްތު އޮފިޝަލަކު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އާބާދީގެ ނިސްބަތުން ވެކްސިން ޖެހަން ޖެހޭ މީހުންގެ އަދަދަށް ބަލާއިރު ދުވާލަކު އެއް މިލިއަން މީހުންނަށް ވެކްސިން ޖެހޭނަމަ އެންމެނަށް ވެކްސިން ޖަހާ ނިންމަން ދެތިން އަހަރު ނަގާނެއެވެ.

އިންޑިޔާގެ ސިއްޚީ އޮފިޝަލުން ވިދާޅުވީ ހޮސްޕަލްތަކުގެ ފަރުވާ ކަށަވަރުކުރުމާއި މެދުނުކެނޑި ވެކްސިން ދެމުން ގެންދިއުމާއި ކޮވިޑުން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތައް ކަށަވަރުކުރުމަށްޓަކައި ގައުމުގައި ލިބެން ހުރި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ.

އިންޑިޔާގައި ކޮވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވެ ހޮސްޕިޓަލްތަކަށް ވެސް ދަނީ ބާރު ބޮޑުވަމުންނެވެ. ބައެއް ފީލްޑް ހޮސްޕިޓަލްތައް ފުރި އޮކްސިޖަން ފަދަ އަސާސީ ވަސީލަތްތަކަށް ވަނީ ޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *