Ad

އިންޑިޔާ މީހުން ރާއްޖެ އައުމުގެ އާ އުސޫލެއް ހަމަޖައްސައިފި

އިންޑިޔާގައި ކޮވިޑްގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައި

އަވަށްޓެރި އިންޑިޔާގައި ކޮވިޑް 19 ހަލުވި ކަމާއެކު ފެތުރެމުންދާތީ އިންޑިޔާއިން އަންނަ މީހުންނަށް ޚާއްސަ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އާންމުކޮށްފިއެވެ. އިންޑިޔާގައި 24 ގަޑިރަށްވުރެ ގިނައިރު ޓްރާންސިޓްކޮށްފައި އަންނަ މީހުންނަށްވެސް މި އުސޫލު ހިނގާނެ ކަމަށް އެޕްޕީއޭއިން ބުނެއެވެ.

މި އުސޫލުގައިވާ ގޮތުގައި، އިންޑިޔާގައި 24 ގަޑިރަށްވުރެ ގިނައިރު ޓްރާންސިޓްކޮށްފައި އަންނަ މީހުން ވެސް ހިމެނޭ ގޮތުން، ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް އިންޑިއާ ޓޫރިސްޓުން އައުން ވަނީ މަނާ ކޮށްފައިވެ އެވެ.

މި އުސޫލުން އިސްތިސްނާވާނީ މީހުން ދިރިއުޅޭ ތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް އެކަންޏެވެ.

އެޗްޕީއޭ އިން ބުނީ މިގޮތަށް އެންގި ނަމަވެސް މިހާރު ގެސްޓްހައުސްތަކުގައި ތިބި އިންޑިއާގެ ޓޫރިސްޓުންނަށް ތިބެވޭނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *