Ad

ވަންދޫ "ވިޑްސް" ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން ކްލާސްތައް ފަށައިފި

ވަންދޫ އައިލެންޑް ޑިވަލޮޕްމަންޓް ސޮސައިޓީ "ވިޑްސް" ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން ކްލާސް ތަކެއް ފަށައިފިއެވެ.

މި ކްލާސް ތަކަކީ ވަންދޫ ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޤުރުއާން ކްލާސް ތަކެކެވެ. ވިޑްސްގެ ރައީސް މުޙައްމަދު އިނާޒު ވިދާޅުވީ، މި ކްލާސް ތަކަކީ ރަށުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކްލާސް ތަކެއް ކަމަށެވެ. މި ކްލާސް ތަކުގައި 40 ކުދިން ބައިވެރިވެފައިވެއެވެ.

ވަންދޫ ވިޑްސް ޖަމްއިއްޔާއަކީ އަތޮޅުގައި ފާހަގަކޮށްލެވޭ ޖަމްއިއްޔާއެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ކުޅިވަރުގެ ދާއިރާއިން އަތޮޅު ފެންވަރުގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކެވެ. މި ޖަމްއިއްޔާއިން ވަނީ އަތޮޅު އެފްއޭއެމުން ބާއްވާ އަތޮޅު ފުޓްބޯޅަ މުބާރާތާއި އަދި އަމިއްލަ ފަރާތްތަކުން އަތޮޅު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތައް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން މި ޖަމްއިއްޔާ ފާހަގަކުރެވިފައިވަނީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނާ ފައިދާ ހުރި އެކިއެކި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގާ ޖަމްއިއްޔާއެއްގެ ގޮތުގައެވެ. ޖަމްއިއްޔާގެ ރައީސް މުޙައްމަދު އިނާޒު ވިދާޅުވީ، މިހާާރު އެޖަމްއިއްޔާއިން ތައްްޔާރުވަމުން އަންނަނީ ރަށުގައި ގާރީ ލެވެލްގެ ކޯސްތަކެއް ހިންގުމަށް ކަމަށެވެ.

ވަންދޫ އައިލެންޑް ޑިވަލޮޕްމަންޓް ސޮސައިޓީ އަކީ މީގެ 20 އަހަރު ކުރިން 2001 ވަނަ އަހަރު އުފައްދާފައިވާ މަދަނީ ޖަމްއިއްޔާއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *