ފައިޒާ ކުންފުނިން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭހެއް އުފައްދާ ޓެސްޓްކުރަން ފަށައިފިއެވެ.
އެމެރިކާ އާއި ބެލްޖިއަމްގެ ސިއްރު ތަނެއްގައި މި ތަހުލީލުތައް ކުރަނީ އެކި އުމުރުފުރާގެ ފަސްދޮޅަކަށް މީހުން ބޭނުންކޮށްގެނެވެ.
މި ބޭހަކީ ކޮވިޑުގެ އަލާމާތް ފެނުމާއެކު ކާން ދޭ ބޭހެކެވެ.
އިންސާނުން ބޭނުންކޮށްގެން މިހާރުކުރާ ތަހުލީލުތައް ކާމިޔާބު ވެއްޖެނަމަ މި އަހަރުގެ ފަހުކޮޅު މި ބޭސް އާންމުކޮށް ލިބޭ ގޮތަށް ބާޒާރަށް ނެރޭނެއެވެ.
އަދި މިހާތަނަށް ކޮވިޑަށް އެއްވެސް ކަށަވަރު ބޭހެއް ހޯދިފައެއްނުވެއެވެ. ވެކްސިނަކީ ވެސް ކޮވިޑް ޖެހުމުން ދުރުކޮށްދޭ ވަސީލަތެކެވެ.