Ad

ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައްވައި، ކެބިނެޓަށް ބަދަލު!

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައްވައި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ކެބިނެޓަށް ބަދަލު ގެންނަވައިފިއެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެމަޤާމުން އިސްތިއުފާ ދެއްވުމުން، ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކިރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަންއެވެ. ޑރ. ހުސައިންއަކީ މަސްވެރިކަމުގެ ދާއިރާއިން މަތީތަޢުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެންވަޔަރަން މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ބަދަލު ކުރައްވައި، އެ މިނިސްޓްރީގެ މިނިސްޓަރުކަމަށް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އާއިމިނަތު ޝައުނާއެވެ. މިނިސްޓްރީގެ ނަމަށް ގެންނެވި ބަދަލާއެކު، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަމުން އައި މަސައްކަތްތައް މިހާރު ވަނީ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލު ކޮށްފައެވެ.

ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް ބަދަލުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *