Ad

ބެންކޮކުގައި މާސްކުނާޅާ އުޅޭނަމަ ބޮޑު ޖޫރިމަނާއެއް

ކުރިއަށް އޮތް ހަތަރު މަހުގެ ތެރޭގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދޭން އަމާޒު ހިފައިފި

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރޭތީ، ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށް އެކަމާ ޚިލާފުވާ ކޮންމެ ފަހަރަކު 20،000 ބާތު (ގާތްގަނކަށް ނުވަހާސް ދިވެހި ރުފިޔާ) އިން ޖޫރިމަނާކުރަން ފަށައިފިއެވެ.

މި އުސޫލު ތަންފީޒުކުރުމަށް ބޮޑުވަޒީރު ވަނީ ސަލާމަތީ ބާރުތަކަށް އަމުރުކުރައްވާފައެވެ. އަދި މިކަމުގައި އެއްވެސް މީހަކު، އެއްވެސް ބަޔަކު އިސްތިސްނާ ނުވާނެ ކަމަށް ވެސް އަންގަވާފައެވެ.

މީގެ އިތުރުން ހުރިހާ ސްކޫލުތަކާއި ޕާކުތަކާއި މަސާޖުކުރާ ތަންތަނާއި ޖިމްތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ. އަދި އޮފީސްތައް ބަނދުކޮށް ގޭގައި ތިބެގެން މަސައްކަތްކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

ޝޮޕިން މޯލްތަކާއި ފިހާރަތައް ރޭގަނޑު 8 ޖަހާއިރި ބަންދުކުރުމުގެ އިތުރުން، ރެސްޓޯރެންޓް އަދި ކެފޭތަކުގައި އިށީނދެތިބެ ކެއުންބުއިން ވެސް ވަނީ މަނާކޮށްފައެވެ.

ސަރުކާރުގެ ސިއްޚީ އޮފިޝަލުން ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު  އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކުރިއަށް އޮތް ހަތަރު މަސްތެރޭގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމެވެ. ވެކްސިން ދިނުމުގައި ތައިލެންޑުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން އިސްތިސްނާއެއް ނުކުރާނެއެވެ.

މިހާރު ޗައިނާއިން އަލަށް ދެ މިލިއަން ވެކްސިން ޑޯޒް ތައިލެންޑަށް ވަނީ ލިބިފައެވެ. އަދި ތައިލެންޑުން އުފައްދާ ވެކްސިން ވެސް މި މަހުގެ 15ގެ ފަހުން އާންމުކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *