ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކާރުކޮޅަށް އަރައި ވަޑައިގަންނަވަނިކޮށް، ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އެއްޗެއް ގޮވައި، އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
އަވަސް ފަރުވާއަށް މިހާރު ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމަނިކުފާނަށް އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓާގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
ރައީސް ނަޝީދުގެ އިތުރުން ބިދޭސީއަކަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އޭނާގެ ފައި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބޭއިރު އެމީހާއަށް ވެސް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.