ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް މިރޭ ދިން ހަމަލާގައި އެމަނިކުފާގެ ހަށިކޮޅުގައި ގިނަ ޒަހަމްތަކެއް ހުރި ކަމަށާއި އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައި ބާއްވައިގެން ފަރުދާ ދެމުން ގެންދާއިރު، އެމަނިކުފާނުގެ ހާލުކޮޅު މިވަގުތު ސީރިއަސް ނޫސް ކަމަށް މަޢުލޫމާތު އެނގޭ މީހަކު މި ނޫހަށް ކަށަވަރުކޮށްދިނެވެ.
މި ހާދިސާގައި އެމަނިކުފާނުގެ ބޮޑީގާޑާއި އެވަގުތި ހިސާބުގައި ތިބި ބައެއް މީހުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ރައީސް ނަޝީދަށް ދެވުނު މި ހަމަލާއާ ގުޅިގެނެ ސަލަމާތީ ބާރުތަކުގެ އެލާޓްލެވަލް މަތިކޮށް، ސީރިއަސް ތަހުގީގެއް ވަނީ ހިންގަން ފަށާފައެވެ.
މިހަމަލާ ސިޔާސީ ހުރިހާ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިހަމަލާ މީޑިޔާގައި ރިޕޯޓްކުރުމާއެކު ބައެއް ފަރާތްތަކުން "އަލްހަމްދުލިﷲ" ސްޓޭޓެސްގައި ލިޔެ އެ ޚަބަރުތައް ޓެގްކޮށްފައި ހުއްޓެވެ.