Ad
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ހަމަލާއެއް: ރައީސް

ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އަށާއި، ރާއްޖޭގެ އިޤްތިޞާދަށް ދިން ނުރައްކާތެރި ހަމަލާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިރޭ ޤައުމާއި މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ވިދާޅުވީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަލާމަތީ ބާރުތަކުން ތަހުގީގް ކުރަމުންދާކަމަށެވެ. މިމައްސަލާގައި ޝާމިލުވާ މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން މަސަައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހަލާގައި ބައިނަލް އަޤުވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އޮސްޓްރޭލިއަން ޕޮލިސްގެ އެހީތެރިކަން ލިބޭނެކަމަށް އަންގާފައިވާކަމަށާއި، އެބޭފުޅުން އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައިސް މިކަމުގައި ބައިވެރިވާނެކަމަށެވެ. ރައީސް ވިދާޅުވީ މިއީ ވަރަށް ފިނޑި އަދި ވަރަށް ނާތަހުޒީބު ހަމަލާއެއް ކަމަށެވެ. މިފަދަ ހަމަލާތަކަށް މި ފަސްގަނޑުގައި އެެއްވެސް ޖާގައެއް ނޯންނާނެކަމަށް ރައީސް ސޯލިހުގެ ހިތޯބުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި އެމަނިކުފާނުގެ ސާރޖަރީއެއް މިހާރު ހަދަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން މިހަމަލާގައި އެމަނިކުފާނުގެ އިތުރުން އެމަނިކުފާނުގެ 3 ހަށިފާރަވެރިންނާއި ފަތުރުވެރިޔަކު ވަނީ ޒަހަމްވެފައެވެ. ޒަހަމްވި ހަށިފާރަވެރިން މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *