ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅުން އޮތް ކަމަށް ޝައްކު ކުރެވޭ މީހުންގެ ތެރެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެކަން ފުލުހުން ކަށަވަރުކޮށްދީފައިވަނީ ދާދި ދެންއަކު ކުރި ޓްވީޓެއްގައެވެ.
ފުލުހުން ބުނެފައިވަނީ އެކަމާ ބެހޭ މަޢުލޫމާތު ފަހުގެ ވަގުތެއްގައި ހާމަކުރާނެ ކަމަށެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތައް ބަލާ ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ވެސް ފުލުހުން އެބަ ކުރިއަށް ގެންދެއެވެ.