Ad
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 729 މީހުން!

ރާއްޖެއިން މިއަދު 729 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ފައްސިވެފައި ވަނީ 729 މީހުން ކަމަށާއި ބާކީ ތިބި މީހުންނަކީ މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން އިއްޔެ އާއި ހަމައަށް ފައްސިވި މީހުން ކަމަށެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިރޭ ފައްސިވިކަން އިއުލާންކުރި 1204 މީހުންނަކީ ޑޭޓާ އެންޓާ ކުރުމުގެ ބެކްލޮގްގައި ހިމެނޭ މީހުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ އިން ފައްސިވި 961 މީހުންނެވެ. އަތޮޅުތެރެއިން 235 މީހުން ރިސޯޓްތަކުން އަށް މީހުން ވެސް މީގެތެރޭގައި ހިމެނެއެވެ. މިއީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަގާފަހުރި ސާމްޕަލްތަކުން ޕޮޒިޓިވްވި އަދަދެކެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5،598 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 87 މީހުން ނިޔާވެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *