Ad

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު: އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފަސް މިލިއަން ރުފިޔާ!

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓްގެ ބައެއް މިރޭ ވަނީ ލީކުވެފައެވެ.

ލިސްޓުގައިވާ ގޮތުން ހަސަން ލަތީފު ނަންގަވާފައިވަނީ ފަސް މިލިއަން ރުފިޔާއެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ހަރަކާތްތަކަށް ހަރަދު ކުރުމަށް ފަސް މިލިއަން ރުފިޔާ ހަސަންއާ ހަވާލުކޮށްފައިވާނެ ކަމަށް އެސްއޯއެފް ކުންފުނީގެ ވެރިޔާ މުހައްމަދު އައްލާމް ލަތީފް ބުނެފައިވާ ކަމަށް ލިސްޓުގައި ބުނެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނެއެވެ. އެ ލިސްޓުގައި މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ހިމެނެއެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.

މި ލިސްޓު ރައްޔިތުންގެ މަޖިލީހަށް ލިބުމުގެ ކުރިން ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓް އާންމުކުރުމަށް ހަސަން ލަތީފު ވަނީ ގޮވާލާފައެވެ. ނަމަވެސް މި ލިސްޓު ރައްޔިތުންގެ މަޖިލީހަށް ލިބުމާއެކު ހަސަން ލަތީފުގެ ރާގު ބަދަލުވެ މި ލިސްޓު އާންމު ކުރުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *