Ad

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު: ކާނަލް ނާޒިމަށް 5.9 މިލިޔަން ރުފިޔާ!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުޤީޤު ކުރަން ރައީސް ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމަށް 5.9 މިލިޔަން ރުފިޔާ ލިބިފައިވާކަން ހާމަވެއްޖެއެވެ.

މި ފައިސާއަކީ އެކިފަހަރުމަތިން މުޙައްމަދު ހުސެއިން (އޮއިއްޓޭ) މެދުވެރިކޮށް ނާޒިމަށް ލިބިފައިވާ ފައިސާ ކަމަށް އޮއިއްޓޭގެ ބަޔާނުގައި ވާކަމަށް މިހާރު ދައުރުވަމުންދާ ލިސްޓުން އެނގެއެވެ.

މުޙައްމަދު ހުސެއިންގެ ބަޔާނުގައި ވާގޮތުން އެކިފަހަރު މަތިން ކާނަލް ނާޒިމާއި އެއްމިލިއަން ހަތްލައްކަ ރުފިޔާ ހަވާލުކޮށްފައިވާނެކަމަށެވެ. އަދި 20 މާރިޗް 2014 ގައި 1.5 މިލިއަން ރުފިޔާއާއި ހަމަ އެދުވަހު އިތުރު 2.5 މިލިޔަން ރުފިޔާ ނާޒިމާ ހަވާލުކުރިކަމަށް އޮއިއްޓޭގެ ބަޔާނުގަވެއެވެ. އަދި އޭގެ ފަހުން 50 ހާސް ރުފިޔާއާއި 150 ހާސް ރުފިޔާވެސް ނާޒިމްއަށް ދީފައިވާކަމަށް މުޙައްމަދު ހުސެއިންގެ ބަޔާނުގައިވާކަމަށް މި ރިޕޯޓުގައި ބުނެއެވެ. ނަމަވެސް މި ފައިސާއަކީ ކޮން ބޭނުމަކު ނާޒިމްއާ ހަވާލު ކުރި ފައިސާކަމެއް އެނގޭކަށް ނެތެވެ. ނާޒިމް އޭރު ހުންނެވީ ޑިފެންސް މިނިސްޓަރު ކަމުގެ މަޤާމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *