Ad

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި އެމަނިކުފާނުގެ ނަން ހިމެނިފައިވަނިކޮށެވެ. އެ ލިސްޓްގައި ބުނެފައިވާގޮތުގައި 2014 ގައި މަޖިލިސް އިންތިހާބުގައި ހުޅުހެންވޭރުދާއިރާއަށް ވާދަކުރެއްވިއިރު ޕީޕީއެމުން ޒިޔަތުގެ ކެމްޕޭން ހަރަދުތަކެއް ދެ ފަހަރެއްގެ މަތިން ފައިސާ ދީފައިވެއެވެ. އެ ލިސްޓާއި ގުޅިގެން ޒިޔަތު ވިދާޅުވެފައިވަނީ، މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ޕީޕީއެމް އިން ފައިސާ ދީފައިވާއިރު، އެއީ ކޮރަޕްޝަންގެ ފައިސާކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ތިއްބެވި ދައުލަތުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަޤާމުތަކުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް މި މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ކޮމެޓީން ވަނީ ނިންމާފައެވެ. ހަސަން ޒިޔަތަކީ ރިޕޯޓް އާންމުވި ފަހުން މަގާމުން އިސްތިއުފާ ދެއްވި ފުރަތަމަ ބޭފުޅާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *