Ad
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..
ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން..

ކޮވިޑުގައި ރާއްޖެ އިން ޒުވާން ދިވެހި އަންހެނަކު ނިޔާވެއްޖެ

ކޮވިޑަށް ފަރުވާދެމުން ދިޔަ 30 އަހަރުގެ ދިވެހި އަންހެނަކު މިއަދު ނިޔާވެއްޖެ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް އެ އަންހެން ކުއްޖާ ނިޔާވެފައިވަނީ ރޭ ފަތިހު 4:30 ގައެވެ. މިމަރާ އެކު ރާއްޖެ އިން މި ބަލީގައި މަރުވި ޖުމްލަ އަދަދު ވަނީ 96 އަށް އަރައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އަންހެން ކުއްޖާއަކީ މާލޭ ދަފްތަރު އާއިޝަތު މިޒުނާ އެވެ. މިއަދު ހެނދުނު ހުޅުމާލޭ ސަހަރާގައި އޭނާ ވަނީ ވަޅުލައިފަ އެވެ. މިޒްނާ އަކީ ހަރުކު ބަލީގެ ޕޭޝެންޓެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް އެޗްޕީއޭއިން އަދި ހާމައެއް ނުކުރެއެވެ. މިއީ، ކޮވިޑްގައި މިހާތަނަށް ރާއްޖެ އިން މަރުވި އެންމެ ޒުވާން ދިވެހި މީހާ އެވެ. މީގެ ކުރިން ކޮވިޑުގައި އެންމެ ޒުވާން މީހަކަށް މަރުވީ 27 އަހަރުގެ ބިދޭސީއެކެވެ.

ކޯވިޑް-19ގައި މިއަދު 2 މީހަކު ނިޔާވެފައިވާއިރު، މާލޭގައި އާދަޔާ ޚިލާފަށް ބާރަށް މި ބަލި ވަނީ ފެތުރެން ފަށާފައެވެ. މިއާއެކު ހޮސްޕިޓަލްތަކުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބަލިޖެހޭ މީހުން ސަލާމަތުން ތިބިމީހުންނާ ވަކިނުކުރެވުމުގެ ސަބަބުން މިބަލި މިހާ ބާރުމިނެއްގަ ގިނަވެގެން މިދަނީ. ކުރިންވެސް ހަދަމުންއައިގޮތައް ބަލިޖެހޭމީހުން އާއިލާތަކާ ވަކިކުރަން އެބަޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *