Ad

ޑރ.މުއިއްޒު މާލޭސިޓީގެ މޭޔަރު ކަމުގެ ހުވާ ކުރައްވާ މަޤާމާއި ހަވާލުވެއްޖެ

މާލެ ސިޓީއަށް އިންތިޚާބުކުރައްވާފައިވާ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި، މާލެ ސިޓީ ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަޤާމުގެ ހުވައި ކުރައްވައި މަޤާމާ ހަވާލުވެއްޖެއެވެ.

މިއަދު ހެނދުނު 09:00 ގައި ފެށި ރަސްމިއްޔާތުގައި މޭޔަރުންްނާއި ކައުންސިލުންގެ މެމްބަރުންނަށް ހުވާލައި ދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ އޮންލައިންކޮށެވެ. މި ރަސްމިއްޔާތުގައި، މޭޔަރުންނާއި ކައުންސިލަރުން ހުވާގައި ސޮއިކުރެއްވިއިރު މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް އިގްރާރުގައި ސޮއިކުރެއްވިއެވެ.

ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީކައުންސިލުގެ ނިމިދިޔަ ދައުރުގައި ސިޓީ ކައުންސިލުން ކުރި މުހިންމު މަސައްކަތްތަކާއި، ކުރިމަތިވި ގޮންޖެހުންތަކާއި ގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާލިއެވެ. މޭޔަރާއި ކައުންސިލަރުން ހުވައި ކުރުމަށްފަހު މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައ “ރައްޔިތުން އެދޭ އަމާޒަށް” މާލެ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ވަނީ އެކުލަވާލާ ފާސްކޮށްފައެވެ. ސްޓްރެޓެޖިކް އެކްޝަން ޕްލޭން ފާސްކުރެއްވީ ކައުންސިލް މެންބަރުންގެ އިއްތިފާޤުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ އައު މޭޔަރު ޑރ.މުޢިއްޒު ވިދާޅުވީ، ސަރުކާރުން އެއްބާރުލުން ދޭނަމަ ސިޓީ ކައުންސިލް ވެގެންދާނީ ސަރުކާރާ އެންމެ ގާތް އެންމެ ބޮޑު އެކުވެރިޔާކަމަށެވެ.

އަލަށް އިންތިޚާބުވި ކައުންސިލްގެ މެޖޯރިޓީ ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ. މިއީ މާލެ ސިޓީގެ މާޔަރުގެ މަޤާމު ޕީޕީއެމް އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *