Ad

ބާންލީ ބަލިކޮށް ލިވަޕޫލް 4 ވަނައަށް!

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.

ބާންލީ ދަނޑުގައި ކުޅުނު މި މެޗް ލިވަޕޫލުން ކާމިޔާބުރީ 3-0 ލަނޑުންނެވެ. މިމެޗްގެ ތަރިއަކަށްވީ ޒުވާން ޑިފެންޑަރު މެޓް ފިލިޕްސްއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ބާންލީން ލިވަޕޫލްގެ ގޯލާ ދިމާލަށް ފޮނުވާލި ހަމަލާއަށް ގޯލަށް ވަދެވަދެ އޮއްވާ ބޮލުން ޖަހާ ބޭރުކޮށްލާފައެވެ.

މެޗު ފަށައިގެން ލިވަޕޫލްގެ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ތިއާގޯ އަލްކަންޓާރާ ލަނޑު ޖަަހަން ރަނގަޅު ފުރުސަތުތަކެއް ނަގާލި އެވެ. ޑިފެންޑަރު ރޮބަޓްސަންގެ ހުރަހަކުން މެޗްގެ ފުރަތަމަ ފުރަތަމަ ގޯލް 43 ވަނަ މިނެޓުގައި ޖަހައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. ދެ ވަަނަ ހާފުގެ 52 ވަނަ މިނެޓުގައި ނަތީޖާ 2-0 ލަނޑަށް ބަދަލުކޮށްލީ ނެޓް ފިލިޕްސްއެވެ. އަދި މެޗްގެ ފަހު ލަނޑު 88 ވަނަ މިނެޓްގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އެވެ.

ސީޒަން ދެބައިވިއިރު ތާވަލްގެ 1 ވަނައިގައި ލިވަޕޫލް އޮތް ނަމަވެސް އަހަރު ފެށުނުފަހުން އެޓީމުގެ ކުޅުން ދަށްވެ ލީގުގެ 7 ވަނައަށްވެސް ވެއްޓުނެވެ. ނަމަވެސް ފާއިތުވި 7 ހަފްތާއަށް ބަލާއިރު ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމަކީ އެޓީމެވެ. އަދި ފާއިތުވި 7 ހަފްތާގައި ލީގުގައި ބަލިނުވާ ހަމައެކަނި ޓީމަކީ ލިވަޕޫލެވެ. އެޓީމު އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗުން ބަލިވެފައެއް ނުވެއެވެ. މީގެތެރެއިން 8 މެޗުން މޮޅުވިއިރު 2 މެޗުން ވަނީ އެއްވަރުވެފައެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު 83 ޕޮއިންޓާއެކު 1 ވަނައިގައި އޮތީ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީއެވެ. 71 ޕޮއިންޓާއެކު 2 ވަނައިގައި އޮތީ ޔުނައިޑެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 67 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި ލިވަޕޫލް އޮތީ މެޗުން 66 ޕޮއިންޓާއެކުގައެވެ. މިއަދަދަށް ޕޮއިންޓް ހޯދައިގެން 5 ވަނައިގައި އޮތީ ލެސްޓަރސިޓީއެވެ. ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

އާދިއްތަ ދުވަހުގެރޭ ލީގުގެ ފަހު މެޗުތައް ކުޅޭއިރު، ލިވަޕޫލް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސްއާ އެވެ. ޗެލްސީ ރަށުންބޭރުގައި އެސްޓަން ވިލާއާ ކުޅޭއިރު، ލެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ނުކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *