Ad

ދަރަވަންދޫން ހައްޔަރުކުރީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި މީހެއް!

ބ. ދަރަވަންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ ހައްޔަރުކުރި މީހާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅުންހުރި މީހެއްކަމަށް ފުލުހުން ބުނެފިއެވެ. ރޭ ދަރަވަންދޫއިން ހައްޔަރުކޮށްފައިވަނީ ލ.ގަމު ދުންފިނި އުފާ، އުމުރުން 23 އަހަރުގެ އަހުމަދު ފާތިހު އެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލް އެ ސަރަހައްދުގައި ޕާކުކޮށްފައިވަނީ ފާތިހުއެވެ. މިއީ މިމައްސަލާ ގުޅިގެން ހައްޔަރު ކުރި 4 ވަނަ މީހާއެވެ.

އޭނާ ދަރަވަންދޫއަށް ގޮސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ އެރަށަށް ދިޔައީ ކައިވެނި ކުރަންކަމަށް ވަނީ އަޑުފެތުރުފައެވެ. އޭނާ މިހާރު ވަނީ ތަހުޤީޤަށް މާލެ ގެނެސްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް އެ ގޮއްވާލައިގެންނެވެ. މި ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު މިހާރު ގެންދަވަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *