Ad

ވަރަށް ފިނޑި ފިރިހެނުން ނޫނިއްޔާ އަންހެނުންނަށާއި ކުޑަކުދިންނަށް އަނިޔާ ނުކުރާނެ: އަލީ ރަމީޒު

ވަރަށް ފިނޑި ފިރިހެނުން ނޫނިއްޔާ އަންހެނުންނަށާއި ކުޑަކުދިންނަށް އަނިޔާ ނުކުރާނެ ކަމަށް ރާއްޖޭގެ އެތައް ރައްޔިތުންނެއްގެ ލޯބި ހޯދާފައިވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އޭނާގެ ދަރިފުޅު ކުރިމަތީގައި އެދަރިފުޅުގެ މަންމައަށް އަނިޔާކުރި މައްސަލައެއް ތަހުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އީސަ މި އަނިޔާވެރި އަމަލު ހިންގީ ރާބޮއެގެން މަސްތުގެ ހާލުގައި ހުރެގެން ކަމަށް އަޑު ފެތުރިފައިވެއެވެ. މިއަޑު ފެތުރުމާ ގުޅިގެން އަލީ ރަމީޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ބަނގުރާ ބޯ މީހެއްގެ ފަރާތުން ކޮންމެ ފަދަ އަނިޔާއެއްވެސް ކުރިމަތިވެދާނެ" ކަމަށެވެ.

އަލީރަމީޒަކީ ރާއްޖޭގެ މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނުވި ފަންނާނެކެވެ. މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ވިދާޅުވެ މީގެ 18 ވަރަކަށް އަހަރު ކުރިން ލަވަޔާއި މިއުޒިކު ކުޅުން ހުއްޓާލާ އަލީ ރަމީޒް ގެންދަނީ އިސްލާމް ދީން ކުރިއަރުވަން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އަނެއްކާ އަނގަ ފެޅީދޯ؟ ނަފުރަތުގެ ބިލު އަވަހަށް ފާސްކޮށް މީނަ ހައްޔަރުކޮށްބަލަ. ފަގުޑި އަޅައިގެން ގައުމުގަ ނަފުރަތު އުފެއްދުން ނޫން ކަމެއް ނުކުރެއެވެ.

    1. ޢަލީރަމީޒު ﷲށް ބިރުވެތިވާށެވެ. ހަމަޢެކަތި ފޮތަކުން މަތިމަތިން ކިޔާލައގެން ދީނީ ވާހަކައެއް ނުދެއްކޭނެ . ރަސޫލާގެ ޙަދީޘެއް ނުބައިކޮށް ބުނެދެވިއްޖެނަމަ އެއީ ނަރަކައިން ޖާގަ ހޯދައި މީހެއްކަން އެނގިލައްވާތޯ؟ މީހުން މަގުފުރަައްދަން ނޫޅުެްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *