Ad

ކާފިއު ވަގުތު ވިޔަފާރި ކުރާނަމަ، އެ ވިޔަފާރިއެއް 5000 ރުފިޔާއިން ޖޫރިމަނާ!

މާލެ ސަރަހައްދުގެ ކާފިއު ވަގުތުގައި ވިޔަފާރި ކުރާނަމަ، އެ ވިޔަފާރި އެއް 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކާފިއު ވަގުތަކީ ފިހާރައަށް ވަދެ ވިޔަފާރި ކުރުމާއި ކެފޭ ރެސްޓޯރަންޓަށް ވަދެ ހިދުމަތް ހޯދުން މަނާކޮށްފައި ވާ ކަމަށެވެ. އަންނަ ބުދަ ދުވަހުން ފެށިގެން ކާފިއު ވަގުތު މާލެ ސަރަަހައްދުގައި ވަނީ އިތުރުކޮށްފައެވެ. މިހާރު ހަވީރު ހަތަރަކުން ފަތިހު 4 ޖެހުމާހަމައަށް އިއުލާންކޮށްފައިވާ ކާފިއު ވަގުތު ބުދަދުވަހުން ފެށިގެން ހަވީރު 4 އަކުން ހެނދުނު 8 އަށް ވަނީ އިތުރުކޮށްފައެވެ.

މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރަންޓް ތަކުންނާއި ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވޭނެ ވަގުތަކީ ހެނދުނު 6 އިން މެންދަމު 12 އަށެވެ. ކެފޭ ރެސްޓޯރެންޓާއި އަދި ފިހާރަތަކުން ކާފިއު ގަޑީގައި އެތެރެއިން ޚިދުމަތް ދީގެން ޖޫރިމަނާކުރާއިރު ހުއްދަނެތި މާލޭ މަގުތަކަށް ނިކުންނަ ކޮންމެ ފަރާތެއް ޖޫރިމަނާ ކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *