Ad

ރިއާލްމެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކު ނުހިމަނާ ޔޫރޯ 2020ގެ ސްޕެއިންގެ ޓީމު އިއުލާނު ކޮއްފި

ސްޕެއިންގެ ގަދަ ބާރު ރިއާލްމެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކު ނުހިމަނާ އަންނަ މަހު 11 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށްދާ ސްޕެއިން ޓީމު އިއުލާނު ކޮއްފިއެވެ. މިއީ ސްޕެއިންގެ ތާރީހުގައިވެސް ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކު ނެތި ބޮޑު މުބާރާތަކަށްދާ އެޤައުމުގެ ޤައުމީޓީމް އިއުލާންކުރި ފުރަތަމަ ފަހަރެވެ.

ސްޕެއިންގެ ކޯޗު، އަދި ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ މިއަދު އިއުލާންކުރި ޓީމުގައި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސްވެސް ނިހިމެނެއެވެ. މި ނިންމުމާ ގުޅިގެން އެންރީކޭ ބުނީ މިއީ ނިންމަން ވަރަށް އުނގަގޫވި ނިންމުމުމެއް ކަމަށެވެ.

"މި ސީޒަންގައި ރާމޯސްއަށް އެކަށީގެންވާ ވަރަށް ކުޅެވިފައެއް ނުވޭ. ޓީމާއެކު ތަމްރީނުތައް ހެދޭނެ ގޮތެއްވެސް ނުވޭ. އަހަންނަށް އެނގޭ މިއީ އުނދަގޫ ނިންމުމެއްކަން. އަހަރެން ރޭ ރާމޯސްއަށް ގުޅައި ވާހަކަ ދެއްކިން. މިއީ ނިންމަން އުނދަގޫވި ނިންމުމެއް ނަމަވެސް އަހަރެން ރާމޯސްއަށް ދޭން އޮތް ނަސޭހަތަކީ އަމިއްލަ އެދުން އިސްކޮށް، މިވަގުތު އަމިއްލަ ފިޓްނަސްއަށް ޓީމު ދޫކޮށްލުން. އެއީ ކެރިއަރަށް މުހިއްމު ނިންމުމެއް،" އުމުރުން 35 އަހަރުގެ ރާމޯސްއާ ގުޅޭ ގޮތުން އެންރީކޭ ބުނެފައިވެއެވެ.

ޔޫރޯ 2020 ގެ ސްޕެއިންގެ ޓީމު

ގޯލްކީޕަރުން

ޑޭވިޑް ޑެހެއާ (މެންޗެސްޓާ ޔުނައިޓެޑް)، އުނާއި ސިމޯން (އެތުލެޓިކް ބިލްބާއޯ) އަދި ރޮބާޓޯ ސަންޗޭޒް (ބްރައިޓަން)

ޑިފެންޑަރުން

އައިމެރިކް ލަޕޯޓް (މެންޗެސްޓާ ސިޓީ)، ޖޯޑީ އަލްބާ (ބާސެލޯނާ)، ހޯސޭ ގާޔާ (ވެލެންސިއާ)، ޕައު ޓޮރޭޒް (ވިޔަރެއާލް)، އެރިކް ގާސިއާ (މެންޗެސްޓާ ސިޓީ)، ޑިއޭގޯ ލޮރެންޓޭ (ލީޑްސް ޔުނައިޓެޑް)، ސެޒާ އަޒްޕިލިކުއޭޓާ (ޗެލްސީ) އަދި މާކޯސް ލޮރެންޓޭ (އެތުލެޓިކޯ މެޑްރިޑް) އެވެ.

މިޑްފީލްޑަރުން

ސާޖިއޯ ބުސްކެޓްސް (ކެޕްޓަން) (ބާސެލޯނާ)، ރޮޑްރީ (މެންޗެސްޓާ ސިޓީ)، ޕެޑްރީ (ބާސެލޯނާ)، ތިއާގޯ އަލްކަންޓާރާ (ލިވަޕޫލް)، ކޯކޭ (އެތުލެޓިކޯ މެޑްރިޑް) ފަބިއަން ރުއީޒް (ނަޕޯލީ)

ފޯވާޑުން

ޑެނީ އޮލްމޯ (އާރްބީ ލައިޕްޒިގު)، މިކޭލް އޮޔާޒަބާލް (ރެއާލް ސޮސިއެޑާޑް)، އަލްވާރޯ މޮރާޓާ (ޔުވެންޓަސް)، ޖެރާޑް މޮރޭނޯ (ވިޔަރެެއާލް)، ފެރާން ޓޮރޭޒް (މެންޗެސްޓާ ސިޓީ)، އެޑަމާ ޓްރައޯރޭ (ވުލްވްސް) ޕަބްލޯ ސަރާބިއާ (ޕީއެސްޖީ).

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *