Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ކޮވިޑު ބަލީގައި މިއަދު މިހާތަނަށް ރާއްޖެއިން 9 މަރު

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދުގެ 9 ވަނަ މީހާ ނިޔާވެއްޖެއެވެ.

މިރޭ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ އަންހެންމީހާ ނިޔާވެފައިވަނީ މިރޭ 06:48 ގައި ކަމަށާއި މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 138 ވަނަ މީހާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ. މިއީ މި މަސް ތެރޭގައި އެ ބަލީގައި ނިޔާވި މީހުންގެ އަދަދު 63 އަށް އެރީއެވެ.

ރާއްޖެއިން އެންމެ ގިނައިން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހުންނެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި ކޮންޓުރޯލުން ނައްޓާފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ. ބަލި ކޮންޓްރޯލް ނުވާ ވަރަށް ފެތުރިގެން ދިޔައީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނުވުމުގެ ސަބަބުން ކަމަށް ސިއްޚީ ތަޖުރިބާކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *