Ad
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ކޮވިޑު ބަލީގައި މިއަދު މިހާތަނަށް ރާއްޖެއިން 13 މަރު

ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން 13 ވަނަ މީހަކު ނިޔާވެއްޖެ އެެވެ.

މިރޭ އެންމެ ފަހުން ނިޔާވެފައިވަނީ ވަނީ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

މިރޭ ނިޔާވި މީހުންގެ ތެރޭގައި އައްޑޫ ސިޓީން ނިޔާވި މީހަކުވެސް ހިމެނެއެވެ. މިމީހާ ނިޔާވެފައިވަނީ އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީ ގައި ފަރުވާދެމުންދަނިކޮށް 10:15 ގައިކަމަށެވެ. މީހާއަކީ އުމުރުން 86 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއަދު މިއީ އެއް ދުވަސް ތެރޭގައި އެންމެ ގިނައިން ކޮވިޑް ޖެހިގެން މީހުން ނިޔާވި ދުވަހު އެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 141 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ގިނައިން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހުންނެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި ކޮންޓުރޯލުން ނައްޓާފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ. ބަލި ކޮންޓްރޯލް ނުވާ ވަރަށް ފެތުރިގެން ދިޔައީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނުވުމުގެ ސަބަބުން ކަމަށް ސިއްޚީ ތަޖުރިބާކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *