Ad

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މާލޭގެ ވަކި ސަރަހައްދެއްގައި ދިރިއުޅޭ އެންމެންގެ ފޯނު ކޯލު އަޑުއެހުމުގެ އަމުރެއް!

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން މާލޭގެ ވަކި ސަރަހައްދެއްގައި ދިރިއުޅޭ އެންމެގެ ފޯނު ކޯލުތައް އަޑުއެހުމުގެ ހުއްދަ ކްުރިމިނަލް ކޯޓުން ފުލުހުންނަށް ދިންކަން އެނގިއްޖެއެވެ.

ނަމަވެސް މިއަމުރުގެ މުއްދަތާއި މި އަމަރު ނެރުނީ މާލޭގެ ކޮން ސަރަހައްދަކަށްކަން އަދި ޔަޤީނެއް ނުވެއެވެ.

މިފަދަ އަމުރެއް ކުރިމިނަލް ކޯޓުން ނެރެފައިވާއިރު މިއީ ނެރެވޭނެ އަމުރެއް ނޫންކަމަށް ޤާނޫނީ ދާއިރާގެ ފުންނާބުއުސް ވަކީލުން ބުނެއެވެ. ސަބަބަކީ ތުހުމަތު ކުރެވޭ ފަރާތްތައް ފިޔަވާ އެތައް ބައެއްގެ ހައްޤުތައް މި އަމުރުން ގެއްލިގެންދާތީއެވެ.

ޤާނޫނު އަސާސީގެ 24 ވަނަ މާއްދާގައި ބުނާގޮތުން ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުޢާޞަލާތު ކުރުންތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަކޮންމެ މީހަކުމެ އަނެކުންގެ މި ބުނެވުނު ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެކަމަށް ޤާނޫނު އަސާސީގެ މި މާއްދާގައި ބުނެފައިވެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. މިހަމަލާއިން ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނުވިލާތުން ފަރުވާ ހޯއްދަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *