Ad

ފްރާންސަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެ ހުވަފެނެއް، އެނބުރި މިއައީ ފްރާންސަށް ތަށި ހޯދައިދިނުމަށް: ބެންޒެމާ

ފްރާންސަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެ ހުވަފެނެއް ކަމަށާއި އެނބުރި މިއައީ ފްރާންސަށް ތަށި ހޯދައިދިނުމަށް ކަމަށް ތަޖުރިބާކާރު ފޯވާރޑް ކަރިމް ބެންޒީމާ ބުނެފިއެވެ.

ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ކަރިމް ބެންޒެމާއަކީ މިފަހަރުގެ ޔޫރޯ ފުޓުބޯޅައި މުބާރާތް ގިނަ ބަޔަނަކު ބަލަންބޭނުންވާނެ ސަބަބެކެވެ. ބެންޒެމާއަކީ މިނިމުނު ސީޒަނުގައި އެންމެ ރަނގަޅު ފޯމުގައިހުރެ ސީޒަން ނިންމާލި އެއް ފޯވަޑެވެ. 2015 ވަނަ އަހަރުން ފެށިގެން ބެންޒެމާ އަށް ފްރާންސް ޓީމުން ޖާގަދީފައިނުވެއެވެ.

ބެންޒެމާއާއި މިޑްފީލްޑަރ ވެލްބުއެނާ އާއި ދެމެދު ޖެހުނު މައްސަލަތަކެއްގައި، ކޯޗު ޑިޝޯމްޕްސް ނިންމީ އެދެކުޅުންތެރިންނަށް ޓީމުން ޖާގަ ނުދިނުމަށެވެ. މިސަބަބާހުރެ، ޑިޝޯމްޕްސްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިނަމަވެސް އެކަމަކާ މާބޮޑު އަޅާލުމެއް ނުބަހައްޓައެވެ. 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް ފްރާންސް ދަތުރުކުރީ ބެންޒެމާ އަދި ރަފައެލް ވާރާންވެސް ނުލައެވެ. 2018 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސް ހޯދީވެސް ބެންޒެމާނެތިއެވެ.

ބެންޒެމާ ބުނާގޮތުން، ފްރާންސް ޓީމު އިޢުލާނުކުރުމުގެ ކުރީން ކޯޗު ޑިޝޯމްޕްސް ގުޅައި ފޯނުން ވާހަކަ ދެއްކިއެވެ. އެހެން ނަމަވެސް، ޓީމަށް ނަގާފާނެފަދަ ޢުއްމީދެއް އޭރަކު ނުކުރެވެއެވެ. ފްރާންސްގެ މީޑިއާތަކުން ބުނާގޮތުން، ޖިރޫޑް އާއި ބެންޒެމާގެ ވާދަވެރިކަން މިފަހަރު ބޮޑުވާނެއެވެ. އެކަން އޮތީވެސް އެހެނެވެ. ބެންޒެމާއާއެކު، އެމްބާޕޭ އަދި ގްރިޒްމަންގެ ޕާޓްނަރޝިޕަކީ ދުނިޔޭގެ ކޮންމެ ޑިފެންސަކަށްވެސް ބޮލުގެ ރިހުމަކަށްވާނެއެވެ.

ފްރާންސް ޓީމަށް ބެންޒެމާ ނެގުމާއެކު، ވެލްބުއެނާ އާއި ފްރާންސްގެ ނޫހަކުން ސުވާލުކުރުމުން ބުނެފައިވަނީ، އެކަމާއި މާބޮޑަށް ވިސްނުމެއް ނުބަހައްޓާކަމާއި، ޑިޝޯމްޕްސްއަކީ ވަރަށް ސްމާޓް ޑިސިޝަން ނަގާ ކޯޗެއްކަމެވެ. އޭނާ އެދެނީ ފްރާންސަށް ކާމިޔާބުކަމަށެވެ. ބެންޒެމާ ބުނާގޮތުން، ޓީމުގައިތިބި އެއްވެސް ކުޅުންތެރިޔަކާއި މައްސަލައެއްނެތެވެ.

"އަހަންނާއި ޓީމުގެ އެއްވެސް ކުޅުންތެރިޔަކާއި އަދި އޮފިޝަލަކާވެސް މައްސަލައެއްނެތް. އަހަރެން އެނބުރި މިއައީ ފްރާންސަށް ޔޫރޯ ހޯދައިދިނުމަށް" ފްރާންސްގެ ލެއިކުއިޕޭއަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *