Ad
ރާއްޖޭގެ ޤާނޫނީ ބައެއް ވަކީލުން. ފޮޓޯ: ސަން
ރާއްޖޭގެ ޤާނޫނީ ބައެއް ވަކީލުން. ފޮޓޯ: ސަން

ފުރަބަންދުގައި ކޯޓުތަކުން ޝަރީޢަތްތަށް ކުރިޔަށް ގެންދާގޮތަށް ނިންމިއަސް، ވަކީލުންނަށް ބޭރަށް ނިކުމެ މަސައްކަތްކުރުމަށްޓަކައި ހުއްދަ ލިބުމުގައި ބޮޑެތި ދަތިތަކެއް.

ކޮވިޑް ބަލިމަޑުކަމާހުރެ މާލެ ފުރަބަންދުކުރިޔަސް ކޯޓުތަކުގައި ހިންގަމުންދާ ޝަރީޢަތްތަށް ހުއްޓާނުލައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާތީ، ބޭރަށް ނިކުމެ އޮފީހަށް ދިޔުމަށާއި، ބަންދު މަރުކަޒުތަކަށް ޙާޟިރުވުމުގައި ހުއްދަ ހޯދުމުގައި ދަތިތަކެއްހުރިކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ގިނަ ޢަދަދެއްގެ ވަކީލުން ބާ ކައުންސިލަށް ހުށަހަޅައިފިއެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކީލުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށްޓަކައި މިހާރު މަސައްކަތްކުރަމުން އަންނަކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނީ ވަކީލުކަމުގައި ހައްޤަކީ ޤާނޫނުން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ކަމުގައިވީނަމަވެސް، ވަކީލުކަމުގެ ޒިންމާ ނުވަތަ ދައުރު މިފަދަ ދަނޑިވަޅެއްގައި އަދާކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ހުއްދަތަށް ހޯދުމުގައި ފަސޭހަ މަގެއް ފަހިވެފައި އޮތުން ކޮންމެހެން މުހިންމުކަމުގައި ގިނަ ޢަދަދެއްގެ ވަކީލުން ފާހަގަކުރެއެވެ.

ކޮންމެ ޤައުމެއްގައިވެސް ޤާނޫނީ ވަކީލުންނަކީ މުހިންމު މަސައްކަތްތަކެއްކުރާ ބަޔެކެވެ. ވީއިރު، މިފަދަ ދަނޑިވަޅެއްގައި ވަކީލުން މަސައްކަތްކުރުމުގައި ފަހި ގޮތްތަކެއް އިންތިޒާމުކުރެވިފައި އޮންނަންވާނެ ކަމުގައި ދެކެމެވެ. މިހާރު މިއޮތް ގޮތުން، އޮފީހަށާއި، ބަންދު މަރުކަޒުތަކަށާއި، ކޯޓުތަކަށް ދިއުމަށް ނަގަންޖެހޭ ހުއްދަތަށް ލިބުމުގައި ދަތިތަކެއްހުރިކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *