Ad

މާލޭ ޖަލަށް ކޮވިޑް ފެތުރި ހާލަތު ގޯހުން ގޯހަށް!

މާލޭ ޖަލަށް ކޮވިޑް ފެތުރި ޖަލުގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މާލޭ ޖަލަކީ ޝަރީއަތް ނިމެންދެން ނުވަތަ "ވާނުވާ" ގައި އެންމެ ގިނަ މީހުން ތިބި ޖަލެވެ. އިރުވަރު ނޫހަށް މަޢުލޫމާތު ދެއްވަމުން ޖަލުގައި ތިބި މީހުންގެ ޤާނޫނީ ވަކީލުން ވިދާޅުވީ ޖަލުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ބަލިވެފައިވާކަމަށެވެ. މީގެތެރެއިން ގިނަ މީހުންގެ ފަރާތުން ކޮވިޑުގެ އަލާމާތް ފެންނަމުންދާކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ. މިދިޔަ ހަފްތާގައި މާލޭ ޖަލުގެ ވަކިވަކި ބައެއް ގޮޅިތަކުން ނެގި ރޭންޑަމް ހުރިހާ ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން މޯލްޑިވްސް ކަރެކްޝަން ސާރވިސްއިން ވަނީ ޔަޤީންކޮށްދީފައެވެ. މި ސާމްޕަލްތައް ނަގާފައިވަނީ ގޮޅިތަކުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ބަލިވެ ޑޮކްޓަރަށް ދެއްކުމަށް ޝަކުވާ ކުރުންމުން ކަމަށާއި ޕޮޒިޓިވްވި ޤައިދީންގެ އިތުރުން ގޮޅިތަކުގައި ތިބި އެހެން ޤައިދީންގެ ފަރާތުން އަލާމާތްތައް ފެނުނު ނަމަވެސް އެމީހުން ޓެސްޓުކޮށްފައިނުވާކަމަށް ވަކީލުން ބުނެފައިވެއެވެ. ޖަލުގައި ތިބި ބަންދުމީހުންނާ ހަވާލާދީ އިރުވަރު ނޫހަށް މަޢުލޫމާތުދިން ވަކީލުން ބުނީ ޤައިދީންގެ ބޭސްފަރުވާގެ ކަންކަމާމެދު ކެރެކްޝަން ސާރވިސްއިން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށެވެ. މިގޮތުން ބަލިވުމުން ބޭސްފަރުވާއިން މަހުރޫމްކުރުމާއި، ބޭސް ނުލިބުންފަދަ ކަންތަކުގެ ޝަކުވާ ބަންދުގައި ތިބި މީހުންގެ ފަރާތުން މެދުކެނޑުމެންނެތި އަންނަމުންދާކަމަށް ވަކީލުން ވިދާޅުވިއެވެ.

މާލޭޖަލުގައި ހުންނަނީ 10 މީހުން ތިބޭ ގޮޅިތަކާއި 4 މީހުން ތިބޭ ގޮޅިތަކެވެ. މިއިން ކޮންމެ ގޮޅިއެއްގައިވެސް ހުންނަނީ އެންމެ ފާޚާނާއެކެވެ. މާލޭ ޖަލުގެ ގޮޅިތަކަކީ އަބަދުވެސް ތަޅުލާފައި ހުންނަ ގޮޅިތަކެކެވެ. އެހެންކަމުން އެކަކަށް ބަލިޖެހުމުން އެހެން އެންމެންނަށް ބަލި ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މާލޭޖަލުގައި 250 އާ ޤާތްކުރާ އަދަދަކަށް މީހުން ބަންދުގައި އެބަތިއްބެވެ.

ބަންދުގައި ތިބި މީހުންގެ ބޭސްފަރުވާގެ ކަންތަކާމެދު އިހުމާލުވާކަމަށްބުނެ އެފަރާތްތަކުގެ އާއިލާއިންނާއި ދިފާޢީ ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *