Ad
ކުވައިތުގެ ޤާނޫނުހަދާ މަޖްލީހުގެ ޖަލްސާއެއް ކުރިއަށްދަނީ-: ފޮޓޯ: ގަލްފްޓުޑޭ
ކުވައިތުގެ ޤާނޫނުހަދާ މަޖްލީހުގެ ޖަލްސާއެއް ކުރިއަށްދަނީ-: ފޮޓޯ: ގަލްފްޓުޑޭ

އިޒްރޭލާއެކު ގުޅުންބޭއްވުން މަނާކޮށް، ޚިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވާ ބިލެއް ކުވައިތުން ފާސްކޮފި

ޓެރަރިސްޓް ދައުލަތެއްކަމަށް ގިނަ ބަޔަކު ސިފަކުރާ ޔަހޫދީ ދައުލަތް އިޒްރޭލާއެކު ގުޅުންބޭއްވުން މަނާކޮށް، ޚިލާފުވާ ފަރާތްތައް ޖަލަށްލެވި ބޮޑެތި ޢަދަދުތަކުން ޖުރުމަނާކުރާ ބިލެއް ކުވައިތުގެ ޤާނޫނުހަދާ މަޖްލީހުން ފާސްކޮށްފި އެވެ.

ކުވައިތުގެ ޕާރލިމަންޓުން ހުކުރު ދުވަހު ފާސްކޮށްފައިވާ މި ބިލަކީ ޤާނޫނުހަދާ މަޖްލީހުގެ 5 މެމްބަރަކު ޑްރާފްޓްކޮށް ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އެ މަޖްލީހަށް ހުށައެޅި ބިލެކެވެ.

އިޒްރޭލާއެކު އެއްވެސް ގުޅުމެއް ޤާއިމުކުރުމާއި އިޒްރޭކާއެކު އެއްވެސް ބާވަތެއްގެ މުޢާމަލާތެއްކުރުން ވެސް މި ބިލުގައި މަނާކޮށްފައި ވާއިރު، އިޒްރޭލަށް ހަމްދަރުދީ ފާޅުކުރުމަކީ ކުށެއްކަމަށް ވެސް މި ބިލުގައި ކަނޑައަޅާފައި ވެއެވެ. އަދި ހަމަ ކުވައިތުގެ ރައްޔިތުންގެ އިތުރުން ކުވައިތުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުން ވެސް އިޒްރޭލަށް ދަތުރުކުރުން ވެސް މި ބިލުގައި މަނާކޮށްފައި ވެއެވެ.

ކުވައިތުން މިފަދަ ޤާނޫނެއް ފާސްކޮށްފައި ވާއިރު، ފާއިތުވެދިޔަ ދެތިން ހަފްތާއަކީ ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ޔަހޫދީ ދައުލަތް އިޒްރޭލުން ތާއަބަދަށް ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުން އަންނަ ލާއިންސާނީ އަނިޔާތައް އަނެއްކާވެސް ހައްދުފަހަނައަޅައި ދިޔަ ދުވަސްތަކެކެވެ.

ފަލަސްޠީނުގެ 60 އަށްވުރެ ގިނަ ކުޑަކުދިން ޝަޙީދުކޮށް އެތަކެއް ޢިމާރާތްތައް ސުންނާފަތިކޮށް ބިމާއި ހަމަކޮށްލި އިޒްރޭލުގެ ރަޙުމްކުޑަ ނިރުބަވެރި މި ޙަމަލާތައް މެދުކަނޑާލާފައި ވަނީ ޙަމާސް ޖަމާޢަތުން ރައްދުގައި އިޒްރޭލަށް ރޮކެޓް އަދި މިސައިލް ޙަމަލާތައް "އޮއްސަން" ފެށުމާއެކު، އިންތިހާ އަށް ބޮޑަށް މަރަށް ބިރުގަންނަ ޔަހޫދީ ރައްޔިތުންގެ ފިއްތުންތަކާ ހުރެ، އިޒްރޭލުގެ ސަރުކާރަށް މަޖުބޫރުވެގެން ކަމަށް މުޙައްލިލުން ޞިފަކޮށްފައި ވެއެވެ.

އިޒްރޭލުގެ މި ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށާއި ޣައްޒާ އަލުން އާރާސްތުކުރުމަށް މިޞްރާއި ޤަޠަރުން 1 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައި ވެއެވެ. މި ކުޑަކުޑަ ދިވެހި ދައުލަތުގެ ސުއްކާނުންނާއި މުޅި އިސްލާމީ ދުނިޔެއިން ވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އަދި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ފެންވަރުގެ އެކިއެކި ޙަރަކާތްތައް އިންތިޒާމްކޮށް، މުސްލިމް އެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތިވެރި މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *