އަލް އަޤްޞާ މިސްކިތުގެ ޙުރުމަތްކަނޑާ އެތަކެއް ގެއްލުންދީ، ފަލަސްޠީނުގެ ރައްޔިތުންނަށް ލާއިންސާނީ އެތަކެއް އަނިޔާތަކެއް ދެމުން އަންނަ ޞިހްޔޫނީ ދައުލަތް އިޒްރޭލުގެ ކޮންމެ ތާކަށްވެސް ޙަމަލާދިނުމުގެ ޤާބިލުކަން ޙަމާސްއަށް ލިބިގެންވާ ކަމަށް އިރާންސްގެ ޤުދުސް ފޯސްގެ ކޮމާންޑަރ އިސްމާޢީލް ޣާނީ ބުނެފިއެވެ.
އިސްމާޢީލް ޣާނީއަކީ ޝަހީދު ކޮށްލެވުނު ޤާސިމް ސުލައިމާނީއަށްފަހު އެމަޤާމަށް ޢައްޔަނުކުރެވިފައިވާ މީހާއެވެ. ޤުދުސް ފޯސްއަކީ، ޤައުމުން ބޭރު ހަނގުރާމަތަކުގައި ޙަރަކާތްތެރިވާ އީރާނުގެ ސިފައިންނެވެ. ޣާނީ ބުނެފައިވާގޮތުން، ހަނގުރާމަ އިތުރަށް ދިގު ދެމިގެންދިޔަނަމަ، އިޒްރޭލަށް ބޮޑެތި އެތަކެއް ގެއްލުންތަކެއްވާނެއެވެ. ސަބަބަކީ، ޙަމާސްގައި މިވަގުތު އިޒްރޭލުގެ ކޮންމެ ސަރަޙައްދަކަށްވެސް ޙަމަލާދިނުމުގެ ކެޕޭސިޓީ ހުރީމައެވެ. އެހެން ނަމަވެސް، ޙަމާސް އިން ބޭނުންވާ ގޮތަށް ޙަމަލާ ނުދެވެނީ، އިޒްރޭލުގައި ފަލަސްޠީނު ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުންދާތީއާއި، އިޒްރޭލުން ވެރިވެގެން އުޅެނީ ފަލަސްޠީނު ބިންތަކެއްގައި ކަމުގައިވާތީއެވެ. މީގެ ކުރީގައިވެސް، 2006 ވަނަ ޙިޒްބުﷲ އިން އިޒްރޭލާއެކު ކުރި ހަނގުރާމަ ފެށުމުގެ ކުރީގައިވެސް، އިޒްރޭލުގައި ދިރިއުޅޭ މުސްލިމުން އެޤައުމުން ފޭބުމަށް ހަނގުރާމަ ފެށުމުގެ 48 ގަޑިއިރު ކުރިން، ޙިޒްބުﷲ އިން މުހުލަތު ދިނެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޕްރެސް ވާހަކަ ދައްކަމުން ބުނެފައިވަނީ، އިޒްރޭލަށް ޙަމާސް ފޮނުވާ ކޮންމެ ރޮކެޓަކީ އިރާނުގެ ހަތިޔާރު އުފައްދާ އެކްސްޕާޓުންގެ އެހީއާއެކު ތައްޔާރުކޮށްފައިވާ ތަކެތިކަން އިޒްރޭލުގެ މިލިޓަރީ ކޮމާންޑަރުން ވަނީ ބުނެފައެވެ. އިރާނަކީ ޙިޒްބުﷲ އާއި ޙަމާސް އަށް ވާގިވެރިވާ ބައެއްކަމުގައި އިޒްރޭލު ބުނެއެވެ. "އިރާނު ދެމި ނޯންނަނަމަ، 14 ދުވަސްތެރޭ ހަނގުރާމަވެރިން ބަލިކުރާނަން" ހައްދު ފަހަނައަޅާފައިވާ ނަތަންޔާހޫ ބުނެފައިވެއެވެ. އިތުރަށް ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ، ޙަމާސްއިން ރޮކެޓް ހަތިޔާރު އުފައްދާ ކާރުޚާނާތަކެއް އަދިވެސް ހިނގަހިނގާ އެބަހުއްޓެވެ.
އިރާނުގެ ސަލާމަތީ ބާރުތަކާއި ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ޖަމާޢަތްތަކާއި ޙިޒްބުﷲ އާއި ދެމެދު އޮންނަނީ ވަރަށްވެސް ބަދަހި ގުޅުމެކެވެ. މިސަބަބާހުރެ، މުޅި އިޒްރޭލް އޮންނަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިރާނަށް ފާޅުގައި ޙަމަލާދޭންވެސް އިޒްރޭލަށް ބަހަނާއެއް ނުވަތަ އުޒުރެއްވެސް ދައްކާކަށް ނުކެރެއެވެ. އަމުދުން ޙަމާސްގެ ގަދަފަކަންފެނި، އިޒްރޭލުގެ ބޮޑު ނާކާމިޔާބާއެކު، އިރާނުފަދަ ޤައުމަކާއެކު ހަނގުރާމައަކަށްދާން އިޒްރޭލުން ބޭނުމެއްނުވާނެއެވެ.
ޙަމަލާ ބަދަލުކުރަމުންދަނިކޮށް، ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާއާއި ފޯނުން ގުޅައި، އިޒްރޭލާއި ދެކޮޅަށް ޙަމަލާދިނުމުގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދޭނެކަމުގައި ޔަޤީންކަން ދޭކަމާއި، ފަލަސްޠީނުގެ ބިމަކީ ފަލަސްޠީނުގެ ރައްޔިތުންގެ މިލްކެއްކަމުގައި ޤުދުސް ފޯސްގެ ކޮމާންޑަރ ބުނެފައިވެއެވެ.