ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.
މިރޭ އެންނެ ފަހުން ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 42 އަހަރުގެ އަންހެނެއް ކަމަށެވެ. މިރޭ އިރާކޮޅު ނިޔާވި މީހަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 83 އަހަރުގެ އަންހެނެކެވެ.
މިއަދު ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެކަކު ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަދި ބ އަތޮޅު ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކުވެސް މިއަދު ނިޔާވިއެވެ. މީގެއިތުރުން އައިޖީއެމްއެޗްގައި ގައި ނިޔާވި މީހެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 169 އަށް އަރައިފައެވެ.